ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
21 Jul 2024 | 09:35
އިއްޔެ ބޭއްވުނު ބައި-އިލެކްޝަންސް ތަކުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޟު

އިއްޔެ ބޭއްވުނު ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއާމެދު މާޔޫސްވާންވީ ސަބަބެއް ނެތްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.އިއްޔެ ބޭއްވުނު ބައި-އިލެކްޝަންތަކުގައި މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑިއަކާއި، ފ. ބިލެތްދޫ ކައުންސިލްގެ ރައީސްކަމާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ކައުންސިލް މެންބަރުކަމާއި އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުން ބޭއްވުނެވެ.

މި އިންތިޚާބުތަކުގައި ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުކަން ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.

މި އިންތިޚާބުތަކުގެ ނަތީޖާއާ ގުޅިގެން އެމްޑީޕީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟް ވިދާޅުވެފައިވަނީ، މި ބައި-އިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

"ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،" ފައްޔާޟް ވިދާޅުވިއެވެ.

އިއްޔެގެ ބައި-އިލެކްޝަންތަކުގައި ވޯޓު ދިނުމުގެ ހައްގު އޮތް 13،000އެއްހާ މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 3،260 މީހުންނެވެ. 

އިއްޔެގެ ބައި އިލެކްޝަންސްތަކުގެ ނަތީޖާ

* މައްޗަންގޮޅި މެދު ދާއިރާ ކައުންސިލަރު: ފާތިމަތު އިޝާން/ ޕީއެންސީ - ވޯޓުލާން ނުކުތީ 22.23 އިންސައްތަ މީހުން

* ހުޅުމާލެ ދާއިރާ ކައުންސިލަރު: އަލީ އައިމަން/ ޕީއެންސީ - ވޯޓުލާން ނުކުތީ 13.80 އިންސައްތަ މީހުން

* ހެންވޭރު ހުޅަނގު ދާއިރާ ކައުންސިލަރު: ފާތިމަތު ޝައުފާ ސަލީމް/ޕީއެންސީ - ވޯޓުލާން ނުކުތީ 12.87 އިންސައްތަ

* ބިލެއްދޫ ކައުންސިލްގެ ރައީސް: އަރީހް އިސްމާއީލް/ ޕީއެންސީ - ވޯޓުލާން ނުކުތީ 83.18 އިންސައްތަ މީހުން

* ކުޅުދުއްފުށި އުތުރު ކައުންސިލަރު: އިބްރާހީމް އަހުމަދު/ ޕީއެންސީ - ވޯޓުލާން ނުކުތީ 61.25 އިންސައްތަ މީހުން

* ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު: އައިޝަތު ޝަރަފިއްޔާ/ އަމިއްލަ - ވޯޓުލާން ނުކުތީ 73.62 އިންސައްތަ މީހުން

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.