ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
21 Jul 2024 | 12:33
މުޒާހަރާތަކާއި ގުޅިގެން ބަންގްލަދޭޝްގެ އޮފީސްތައް ބަންދުކޮށް، ކާފިއު އިއުލާނުކޮށްފި

ބަންގަލަދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަނުކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ދެކޮޅަށް އެގައުމުގެ ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ އޮފީސްތައް ބަންދުކޮށް ކާފިއު އިއުލާންކޮށްފިއެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް 114 މީހަކު މަރުވެފައިވާއިރު، އެގައުމުގެ ބޮޑުވަޒީރު،ޝެއިޚް ހަސީނާގެ ސަރުކާރުން ވަނީ އާދިއްތަ ދުވަހާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައި، އެ ދެދުވަހު ހަމައެއަކަނި އެމަޖެންސީ ސާވިސްތަކަށް ހަރަކާތްތެރިވުމުގެ ހުއްދަ ދީފައެވެ.

މި މުޒާހަރާތަކާއި ގުޅިގެން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އެގައުމުގެ ޔުނިވަރސިޓީތަކާއި ކޮލެޖްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ބަންގްލަދޭޝްގައި މި މުޒާހަރާތައް ފެށިގެން އައީ، ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެގައުމުގެ ހައި ކޯޓުގެ މި ނިންމުމާއިއެކު، ވަކި ބަޔަކަށް ހާއްސަކޮށްފައިވާ  ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއިރު، ފަހުން ކޯޓުން ވަނީ ނިންމުން ބާތިލްވެސް ކޮށްފައެވެ. އެހެންނަމަވެސް، އޭގެ ފަހުންވެސް މުޒާހަރާތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ.

މުޒާހަރާ ހުއްޓުވުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މޮބައިލް އިންޓަރނެޓުގެ ޚިދުމަތް ހުއްޓާލައި، އެގައުމުގެ މީޑިއާތަކުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާވެސް އަޕްޑޭޓް ކުރުން ހުއްޓާލާފައެވެ.

މި މުޒާހަރާތަކުގެ ތެރެއިން އެގައުމުގެ ސަރުކާރުގެ އިމާރާތްތަކާއި ދައުލަތުގެ މީޑިއާތަކާއި ފިހާރަކާއި އެނޫންވެސް ތަންތަނުގައި ހުޅުރޯކުރުމާއު، ގާފަދަ ތަކެތި އުކައި، ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އެގައުމުގެ ފުލުހުން ކަރުނަ ގޭހާއި، ރަބަރު ބުލެޓް އަދި ސައުންޑް ގްރެނޭޑްސް ބޭނުންކުރުމުގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.