ފިޔުޗަރ އިމާމް ކޯހުގެ ބައިވެރިން: ފޮޓޯ:/ ޝެއިޚް އާޒިމް ޚާލިދު
ހަބަރު
21 Jul 2024 | 13:30
ޚާއްސަ އިނާމްތަކާއެކު, އައު އިމާމުން އުފެއްދުމަށް, ދަނގެތީގައި “ފިޔުޗާ އިމާމް” މުބާރާތެއް

މުސްތަގުބަލުގެ އިމާމުން އުފެއްދުމަށް “ފިޔުޗަރ އިމާމް 1446” ނަމުގައި އދ. ދަނގެތީގައި ޚާއްސަ މުބާރާތެއް ފަށަން ތައްޔާރު ވެއްޖެއެވެ. 

އދ ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސް ނަގައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ އެ ރަށު ސުކޫލުގެ ގުރޭޑް 6 އިން މަތީގެ ފިރިހެން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދެވޭ މުބާރާތެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

އެގޮތުން، އިމާމްކަން ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތާއި ހުނަރުތައް ދަރިވަރުންނަށް މިމުބާރާތުގައި ޒަރީޢާއިން ދަސްވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

“ފިޔުޗަރ އިމާމް 2024” ޓްރެއިނިން ސެޝަން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ، ކުދިންގެ ހިތްތަކުގެ އިމާމްކަން ކުރުމަށް ލޯބިޖައްސުވައި، އެންމެ ތުއްތުއިރުން ފެށިގެން އިމާމްކަން ކުރުމުގެ ރޫޙް އަށަގަންނުވައި އެކަމަށް އަހުލުވެރި ހުނަރުވެރި ޤާބިލް ކުދިންތަކެއް އުފެއްދުމުގެ އިތުރުން، ދަރިވަރުންގެ ހިތްތަކުގައި މިއަޅުކަމާއިމެދު އޮންނަ ލޯބި އިތުރުކޮށް، ހިތްޖެއްސުން ކަމަށް ޖަމިއްޔަތުލް ޤަލަމުން ބުނެއެވެ. 

މިމުބާރާތުގައިކުރިޔަށް ގެންދާ ޙަރަކާތްތަކަކީ:

ހ. ބަންގި

ށ. ޚުޠުބާ

ނ. ޤަމަތް

ރ. ނަމާދު

މި މުބާރާތް ފެށުމުގެ މަސްދުވަސް ކުރިން މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ނަމާދާއި، ބަންގިއާއި، ޤަމަތް އަދި ޚުތުބާ ކިޔުމަށް ބޭނުންވާ ޢިލްމީ މާއްދާ ކިޔަވާދެވި ބޭނުންވާ ތަފާތު ހުނަރުތައް މުދައްރިބުން މެދުވެރިކޮށް އުނގަންނައިދެވޭއިރު، ނިމިދިޔަ ހުކުރު ދުވަހު 22 ދަރިވަރުންނާއެކު ތަމްރީންތައް ވަނީ ފަށާފައެވެ. 

ފިޔުޗަރ އިމާމް 2024” ޓްރެއިނިން ސެޝަން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

އެގޮތުން، ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާޒިމް ޚާލިދު ވަނީ އެ ދަރިވަރުންނަށް ޚާއްސަ ޓްރެއިން ދެ ސެޝަން ކުރިއަށް ގެންގޮސްފައެވެ. 

މީގެ އިތުރުންވެސް، ހަފްތާ ތެރޭގައިވެސް، ދަނގެތީގައި ތިބި، މި ޢިލްމުގެ ތަޖުރިބާކާރުން، އެ ދަރިވަރުން ތަމްރީން ކުރާއިރު، ހަފްތާ ބަންދުގައި މާލެއިންނާއި، ރަށުން ބޭރުން ކަމުގެ އިލްމު ހުރި ތަޖުރިބާ ކާރުން ގެނެސް ދަރިވަރުން ތަމްރީން ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

ފިޔުޗަރ އިމާމް 2024” ޓްރެއިނިން ސެޝަން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ޖަމިއްޔަތުލް ޤަލަމުން އިތުރަށް ބުނީ، މި ތަމްރީން ތަކަށްފަހު، މުބާރާތް ފެށުމުގެ ކުރިން، މުބާރާތުގައި ބައިވެރިވި ކުދިންގެ މެދުގައި އޮޑިޝަންއެއް ބޭއްވޭނެ ކަމަށާ މި އޮޑިޝަންގައި މުބާރާތުގައި ވާދަކުރުމަށް ދިހަ ކުދިން ނެގިގެންދާނެ ކަމަށެވެ. އަދި އެ އޮޑިޝަން އޮންނާނީ މުބާރާތް ފެށުމުގެ ހަފްތާ ކުރިން ކަމަށެވެ. 

“ފިޔުޗަރ އިމާމް 2024” ޓްރެއިނިން ސެޝަން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

އެއަށްފަހު، އަންނަ މަހުގެ މެދު ތެރޭގައި މި މުބާރާތް ފަށާއިރު، މު މުބާރާތް ކުރިޔަށްގެންދާނީ ދެ ރެޔަކަށް ބަހާލައިގެން ކަމަށާ ފުރަތަމަ ރޭގައި އޮންނާނީ ބަންގިއާއި ޤަމަތްދިން، އަދި ދެވަނަ ރޭގައި އޮންނާނީ ޚުތުބާ ކިޔުން ކަމަށް ބުނެފައުވެއެވެ. މިދެރޭ ކުރިއަށް ގެންދާނީ ފަނޑިޔާރުންނާއި ބެލުންތެރިންގެ ހާޒިރުގައި ކަށާ، މުބާރާތަށް އިންސާފު ކުރައްވާނީ ކަމުގެ ތަޖުރިބާ ހުރި ތިން ފަނޑިޔާރުންގެ ޕެނަލަކުން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. 

މުބާރާތުގެ ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމް

1) 1 ވަނަ އަށް 2،500 ރުފިޔާ

2) 2 ވަނަ އަށް 1،500 ރުފިޔާ

3) 3 ވަނައަށް 1000 ރުފިޔާ 

“ފިޔުޗަރ އިމާމް 2024” ޓްރެއިނިން ސެޝަން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މުބާރާތުގެ ވަނަވަނަ އަށް އަންނަ ފަރާތްތަކަށް އިނާމް ހުށަހެޅުމަށާއި، އަދި މުބާރާތް ކުރިއަށް ގެންދިޔުމުގައި މާލީގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ފުރުސަތު ހުޅުވާލެވުފައިވާ ކަމަށް ޖަމިއްޔަތުލް ޤަލަމުން ބުނެއެވެ. 

އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެދިފައިވެއެވެ. 

އެކައުންޓް ނަންބަރު: 7770000130876

އެކައުންޓް ނަން: ޖަމިއްޔަތުލް ޤަލަމް

އެކައުންޓް ލޭބަލް: ޖަމިއްޔަތުލް ޤަލަމް ޑޮނޭޝަން


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.