ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Jul 2024 | 15:18
ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް އެކި ކުޅިވަރުތައް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް ޑރ.މުޢިއްޒު

ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް އެކި ކުޅިވަރުތައް ކުރިއެރުވުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ޕެރިސް އޮލިމްޕިކްސް 2024" ދިވެހިރާއްޖޭގެ ދިދަ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރައްވާކަމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެވޭނެ ފެންވަރަށް ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވާ ކުޅިވަރުތަކުގެ އިތުރުން، އެހެން ކުޅިވަރުތަކުގައި ވެސް ރާއްޖޭގެ އެތުލީޓުންނަށް ބައިވެރިވެވޭނެ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަކީ އަމާޒެއްކަމަށެވެ.

"ސަރަހައްދީ ފެންވަރުގައާ ބައިނަލްއަޤްވަމީ މައިދާނުގައި އޮލިމްޕިކްސްއާ އެހެނިހެން މުބާރަތްތަކުގަ ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުންނަށް ބައިވެރިވުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާ ފުރުޞަތު އިތުރުކުރުމަށްޓަކައި ރާއްޖެއިން ބޭރުންވެސް ކުޅިވަރު ކުރިއެރުވުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނެގޮތަށް ތަރުތީބުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ކުޅިވަރުގެ ޢުމްރާނީ ވަސީލަތް އިތުރުކުރުމަށް އަންނަ އަހަރުން ފެށިގެން ކުޅިވަރުގެ ވުޒާރާގެ ބަޖެޓުގައި ވަރަށް އިސްކަން ދެއްވާނެކަމަށާއި، ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ކުރިއެރުމަށް ގެނައުމަށް މަސައްކަތްކުރައްވާނީ ކުޅިވަރުގެ ޢާއިލާގެ އެއްބާރުލުމާއެކުކަމަށެވެ.

ޕެރިސް އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން 5 އެތުލީޓުން ބައިވެރިވާއިރު، މި އެތުލީޓުންނަށް ހިތްވަރުދެއްވަމުން ރައީސް ޑރ.މުޢިއްޒު ވަނީ ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އެންމެ ފުރިހަމައަށް އެ އެތުލީޓުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެ، ރާއްޖެއަށް ގެނެސްދެވެން އޮތް އެންމެ ރީތި ނަމެއް ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.