ރައީސް ޑރ.މުޢިއްޒު، ދީމާ އަދި އިބާދުﷲ އަށް ދިދަ ހަވާލުކޮށްދެއްވުން-- ފޮޓޯ: ރައީސް އޮފީސް
ކުޅިވަރު
21 Jul 2024 | 16:33
ކުރިއަށް އޮތް އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް

ފްރާންސްގެ ޕެރިހުގައި އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު  ކުޅިވަރު މުބާރާތް، އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުުމުގެ ޝަރަފް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އާއި މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމް އަށް ލިބިއްޖެ އެވެ.

ދީމާ އާއި އިބާދުﷲ އަށް ދިދަ ހަވާލުކޮށްދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވެގެން، މުބާރާތުގައި ވާދަކުރާ ފުރަތަމަ އެތުލީޓު، ދީމާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތާއި މިިދިޔަ އަހަރުގެ އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ރާއްޖޭގެ ދިދަ އުފުލައިފަ އެވެ.

ހަމައެއާއިއެކު، ކުޅިވަރުގައި އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުން އާކިޓެކްޗާ އާއި ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތައް ތައާރަފްކުރުމާއި ދައްކާލުމުގެ ގޮތުން ދުބާއީގައި ބާއްވާ އެކްސްޕޯ 2020ގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ވެސް ދީމާ އަށް ލިބުނެވެ.

މިއީ އޮލިމްޕިކްސްގައި އަލަށް ވާދަކުރާ އިބާދުﷲ އަށް ބައިނަލްއަގުވާމީ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ލިބުނު ފުރަތަމަ ފަހަރެވެ. ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ އިބާދުﷲ އަކީ އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރައިލްސް ތަކުން 10.50 ސިކުންތާއިއެކު އެންމެ ރަނގަޅު ޓައިމިންގް އެއް ނެރެފައިވާ އެތުލީޓެވެ. 

ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.

މީގެ ތެރެއިން ބެޑްމިންޓަންގައި ވާދަކުރަނީ ބެޑްމިންޓަން އިން ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ އަދި އެއް އޮލިމްޕިކްސް އަށް ވުރެ ގިނަ އޮލިމްޕިކްސްގައި ވާދަކުރި ހަމައެކަނި ދިވެހި ފުރަތަމަ އެތުލީޓް، ނަބާހާ އެވެ.

އެތުލެޓިކްސް އިން މިފަހަރު އޮލިމްޕިކްސްގައި އިބާދުﷲ ވާދަކުރާއިރު، މި ފަަހަރުގެ އޮލިމްޕިކްސް އަށް އެންމެ ފަހުން، އެތުލީޓުން ކަނޑައެޅި ސްވިމިން އިން ވާދަކުރާނީ މުހައްމަދު އާން ހުސައިން އަދި ޢާއިޝަތު އުލްޔާ ޝާއިގް އެވެ.

އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސާފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ)އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.