ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީސް އިމާރާތް.. ފޮޓޯ: ސޯޝަލް މީޑިއާ
ކުޅިވަރު
23 Jul 2024 | 23:22
އެފްއޭއެމްގެ ހިންގުން ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ނިންމައިފި

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ނިންމައިފި އެވެ.

ފީފާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލީ އަދި ހިންގުމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި އޮތް އެފްއޭއެމް، ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ނޯމައިލައިޒޭޝަންޝަން ކޮމިޓީއަކީ އުސޫލުތަކާ ހިލާފުވެ، މައްސަލަތައް ހައްލުނުކުރެވޭ ހާލަތުގައި ފީފާގެ މެމްބަރު އެސޯސިއޭޝަންތައް ހަމަޔަކަށް އަޅުވަން ފީފާއިން އެކުލަވާލާ ކޮމިޓީއެކެވެ. މި ކޮމިޓީގައި ހިމެނޭނީ އެ ގައުމަކުން ނަގާ ބައެކެވެ. 

ފީފާއިން އައްޔަން ކުރާ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގެ ގޮތުގައި އެ ފެޑެރޭޝަނުން ދީފައި ވަނީ އެއް އަހަރު ދުވަހެވެ. ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށެވެ. ފީފާ އިން ބުނީ އެ ކޮމިޓީއާ ހަވާލުވާ ޒިންމާތައް ނިމޭހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެ ކަމަށެވެ.

"ރާއްޖެއާ ގުޅޭ ގޮތުން މިގޮތަށް ނިންމީ އޭއެފްސީއާ މަޝްވަރާކުރުމަށްފަހު އަދި އެފްއޭއެމަށް ކުރިމަތިވެފައިވާ ދޯހަޅި ހިންގުމުގެ މައްސަލަތަކުގެ އިތުރުން މާލީ ގިންޖެހުންތައް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.،" ފީފާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމިޓީ އަށް އައްޔަން ކުރާނީ ކޮން ބައެއް ކަމެއް އަދި މިހާތަނަށް ފީފާ އިން ނުނިންމަ އެވެ. ނަމަވެސް ކޮމެޓީއަށް އައްޔަނުކުރުމަށް ރާއްޖޭގެ ބައެއް ފުޓްބޯޅަ ތަޖުރިބާކާރުންގެ މައުލޫމާތު މިހާރު ފީފާއިން އެއްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިރޭ އެފްއޭމުން ނެރުނު ބަޔާނެއްގައި ބުނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ކުރެވުނު ފީފާގެ ފޮރެންސިކް އޯޑިޓުންނާއި، ފީފާގެ ގަވާރނަންސް އޯޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްސަލަތަކާއި ބެހޭގޮތުން ހޯދިހޯދުންތަކުގެ މަށްޗަށް ބީނާކޮށް، އެފް.އޭ.އެމް އަށް ދެމުންގެންދިޔަ ޑިވެލޮޕްމަންޓް ފަންޑު 12 މާރޗް 2024 ވަނަ ދުވަހުސަސްޕެންޑް ކުރުމަށް ނިންމާފައިވާ ނިންމުމާއި، އެފް.އޭ.އެމް ގެ ކުރީގެ ރައީސް 9 މަސް ދުވަހަށް ފުޓުބޯޅައިގެ އެންމެހާއި ޙަރަކާތްތަކުން ސަސްޕެންޑު ކުރުމަށް ފީފާގެ އެތިކްސް ކޮމިޓީއިން ނިންމަވާފައިތީއާއި، އަދި 2 ޖުލައި 2024 ވަނަ ދުވަހު އެފް.އޭ.އެމްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވުމާއިގުޅިގެން އެ ކަންތައްތަކަށް ރިޢާޔަތްކޮށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިންގުމުގައި ހުރި މައްސަލަތަކާއި އަދި މިވަގުތު ދިމާވެފައިވާ މާލީ ބޮޑެތި މައްސަލަތަކާއި ގުޅިގެން، އޭ.އެފް.ސީގެ ލަފައާއި މަޝްވަރާގެމަތިން، ފީފާގެ ސްޓެޓިއުޓްސްގެ އާރޓިކަލް 8، ޕެރަގްރާފް 2 ގައި ބަޔާންކުރާ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުމަށް ނޯމަލައިޒޭޝަން ކޮމެޓީއެއް އައްޔަން ކުރުމަށް 23 ޖުލައި 2024 ވަނަ ދުވަހު ފީފާގެ ބިޔުރޯއިން ވަނީ ނިންމާ އެކަން އަންގާފައި ކަމަށެވެ.

އެގޮތުން އައްޔަނުކުރެވޭ ނޯމަލައިޒޭޝަން ކޮމިޓީގެ މެންޑޭޓްގައި ހިމެނިގެންދާނީ އެފް.އޭ.އެމް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަށް ކުރުމާއި، އެފް.އޭ.އެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސްއާއި އެއްގޮތަށް މުރާޖާކޮށް އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމާއި، އެފް.އޭ.އެމްގެ ގެ އިސް ވެރީންނާއި އެހެނިހެން ފަރާތްތަށް ގުޅިގެން ފީފާ އަދި އޭ.އެފް.ސީ އިން ދީފައިވާ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާނަމަ، އެފައިސާ ހޯދުމަށް ރާއްޖޭގެ ޤާނޫނީ ނިޒާމުގެތެރޭން ކުރަންޖެހޭ ކަންކަން ކުރުމާއި، ފީފާ އިން އައްޔަން ކޮށްފައިވާ އެކްސްޓާރނަލް ފައިނޭންސަލް ކޮންސަލްޓަންޓާއި ގުޅިގެން އެފް.އޭ.އެމްގެ ދަރަނިތަށް ރީސްރަކްޗަރ ކުރުމުގެ ޕްލޭނެއް ހެދުމާއި، ފީފާގެ ފޮރެންސިކް އޯޑިޓް ރިޕޯރޓްގައި ބަޔާންކޮސްފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުމާއި، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީއެއް އިންތިހާބު އާ ޤާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުންކަމުގައި ފީފާ އިން އެފް.އޭ.އެމް އަށް މިއަދު އަންގާފައިވާ ކަމަށްވެސް އެފްއޭމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ފީފާއިން އަންގާފައިވަނީ މި ކޮމިޓީ އެކުލެވިގެންދާނީ ވަކިން ޚާއްޞަކޮށް ޤާނޫނީ، މާލީ އަދި ފުޓުބޯޅައާއި ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެންބަރުންގެ މައްޗަށް ކަމަށާއި، ނޯމަލައިޒޭޝަން ކޮމިޓީގައި ތިއްބަވާނެ އެކަށީގެންވާ އަދަދު ކަނޑައަޅާނީ، އަދި މެމްބަރުން އެ ކޮމިޓީއަށް އައްޔަން ކުރާނީ ފީފާ އާއި އޭއެފްސީ ގުޅިގެން ކަމަށާއި އަދި އެކޮމިޓީއަށް މީހުން އައްޔަން ކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމަވާނެކަމަށް ވެސް ފީފާއިން އަންގާފައިވާ ކަމަށް އެފްއޭމުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.