ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް.. ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންސް
ކުޅިވަރު
23 Jul 2024 | 23:35
ފީފާގެ ނިންމުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް މަރުހަބާ ވިދާޅުވެއްޖެ

އެފްއޭއެމް ހިންގުން ނޮމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ފީފާއިން ނިންމި ނިންމުމަށް ދިވެހި ރާއްޖޭގެ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ފީފާއިން މިއަދު ވަނީ މާލީ އަދި ހިންގުމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި އޮތް އެފްއޭއެމް، ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ މަޝްވަރާއާއިއެކު ނިންމާފައިވާކަން އެފްއޭމްއަށް ރަސްމީކޮށް އަންގާފައެވެ.

ފީފާގެ މި ނިންމުމާއި އެކު ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރ އަދި ކުޅިވަރު އިދާރާތަކުގެ ކަންކަން ވިލަރަސްކުރުމުގެ އެންމެ އިސް ފަރާތް ކަމަށްވާ ތޮލާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފީފާގެ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށާއި ފީފާއިން އުފައްދާ އެފްއޭމްގެ ނޯމަލައިޒޭޝަން ކޮމެޓީއަށް ފުރިހަމައަށް އެއްބާރުން ދެއްވާނެ ކަމަށެވެ.

ފީފާއިން އައްޔަން ކުރާ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގެ ގޮތުގައި އެ ފެޑެރޭޝަނުން ދީފައި ވަނީ އެއް އަހަރު ދުވަހެވެ. ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށެވެ. ފީފާ އިން ބުނީ އެ ކޮމިޓީއާ ހަވާލުވާ ޒިންމާތައް ނިމޭހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެ ކަމަށެވެ.

"ރާއްޖެއާ ގުޅޭ ގޮތުން މިގޮތަށް ނިންމީ އޭއެފްސީއާ މަޝްވަރާކުރުމަށްފަހު އަދި އެފްއޭއެމަށް ކުރިމަތިވެފައިވާ ދޯހަޅި ހިންގުމުގެ މައްސަލަތަކުގެ އިތުރުން މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.،" ފީފާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމިޓީ އަށް އައްޔަން ކުރާނީ ކޮން ބައެއް ކަމެއް އަދި މިހާތަނަށް ފީފާ އިން ނުނިންމަ އެވެ. ނަމަވެސް ކޮމެޓީއަށް އައްޔަނުކުރުމަށް ރާއްޖޭގެ ބައެއް ފުޓްބޯޅަ ތަޖުރިބާކާރުންގެ މައުލޫމާތު މިހާރު ފީފާއިން އެއްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.