ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ-- ފޮޓޯ: ޕީއައިޑީ
ދުނިޔެ
24 Jul 2024 | 15:43
މުޒާހަރާތަކުގެ ޒިންމާ ނަގަންޖެހޭނީ އިދިކޮޅުންކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

ބަންގަލަދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަނުކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ދެކޮޅަށް އެގައުމުގެ ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގެ ޒިންމާ ނަގަންޖެހޭނީ ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރުގެ ކޯޓުން އާދިއްތަ ދުވަހު ނެރުނު ޙުކުމެއްގައި ގިނަ ކޯޓާތައް އުވާލުމަށް ނިންމުމާއި ގުޅިގެން ޝައިޚް ހަސީނާ ވިދާޅުވީ، މި މުޒާހަރާތަކުގައި މިހާތަނަށް 147 މީހަކު މަރުވެފައިވާއިރު، ޝައިޚް ހަސީނާ ވިދާޅުވީ، ކާފިއު އިއުލާނު ކުރަން ޖެހުނީ ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމަށްކަމަށާއި، އެގައުމުގައި ހިންގަމުންދާ ހަމަނުޖެހުން ހަމައަކަށް އެޅުމުން ކާފިއު އުވާލާނެ ކަމަށެވެ.

މީގެ އިތުރުންވެސް ހަސީނާ ވަނީ މި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ އެގައުމުގެ މައިގަނޑު އިދިކޮޅު ޕާޓީކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ޖަމާޢަތެ އިސްލާމީ ޕާޓީ އާއި އެ ޕާޓީތަކުގެ ދަރިވަރުންގެ ޖަމިއްޔާއިން ކަމަށް ވިދާޅުވެފައެވެ.

އެ ތުހުމަތުތަކަށް ބީއެންޕީން ރައްދު ދީފައިނުވި ނަމަވެސް، އެ ޕާޓީން ވަނީ މުޒާހަރާގެ ތެރެއިން އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިދިކޮޅުގެ ޚިޔާލުތައް ހަސީނާގެ ސަރުކާރުން ހުރަސް އަޅާކަމަށް ތުހުމަތުކޮށްފައެވެ.

ބަންގްލަދޭޝްގައި މި މުޒާހަރާތައް ފެށިގެން އައީ، ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެގައުމުގެ ހައި ކޯޓުގެ މި ނިންމުމާއިއެކު، ވަކި ބަޔަކަށް ހާއްސަކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއިރު، ފަހުން ކޯޓުން ވަނީ ނިންމުން ބާތިލްވެސް ކޮށްފައެވެ. އެހެންނަމަވެސް، އޭގެ ފަހުންވެސް މުޒާހަރާތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ.

މުޒާހަރާ ހުއްޓުވުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މޮބައިލް އިންޓަރނެޓުގެ ޚިދުމަތް ހުއްޓާލައި، އެގައުމުގެ މީޑިއާތަކުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާވެސް އަޕްޑޭޓް ކުރުން ހުއްޓާލާފައެވެ.

މި މުޒާހަރާތަކުގެ ތެރެއިން އެގައުމުގެ ސަރުކާރުގެ އިމާރާތްތަކާއި ދައުލަތުގެ މީޑިއާތަކާއި ފިހާރަކާއި އެނޫންވެސް ތަންތަނުގައި ހުޅުރޯކުރުމާއު، ގާފަދަ ތަކެތި އުކައި، ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

އެހެންނަމަވެސް ސަރުކާރުގެ ވަޒީފާތަކުގެ 93 އިންސައްތައަކީ ވަޒީފާއަށް ކުރިމަތިލާ މީހާގެ ގާބިލުކަމުގެ މައްޗަށް ނިސްބަތްކޮށް، ދޭ ވަޒީފާތަކެއް ކަމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެން، އެގައުމުގެ މަގުތައް ކުރިއަށްވުރެ އަމާންކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.