ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Jul 2024 | 22:30
ސައިލަންސަރު އަޑުގަދަކޮށް ދުއްވާ މީހުން ހުއްޓުވާނަން: މިނިސްޓަރ އިޙްސާން

ފޭކް ނަމްބަރު ޕްލެޓްޖަހައިގެން އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ބާރަށް ދުއްވާ މީހުން ހުއްޓުވާ އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ މާލެ ސަރަޙައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ފެށި "މާލެ ފަހި" މަޝްރޫޢު އިފްތިތާޙްކޮށްދެއްވި ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ދިވެހިރާއްޖެގައި އެބޮތް ކަމަށާއި، އެސަގާފަތް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ވުޒާރާއަށް އަންގަވާފައިވާ ކަމަށެވެ.  އެހެންކަމުން ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން މިކަންކަން ތަންފީޒު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"މާލެ ފަހި" މަޝްރޫޢަކީ މާލޭގެ މަގުތަކުގައި ދިމާވާ ތޮއްޖެހުމާއި، ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް އަމާޒުކޮށްގެން ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކޮށް، ޕާކިންގ ނިޒާމު ހަރުދަނާކުރުމަށް ވަނީ ރޭވިފައެވެ.

މި ކަންކަމުގެ އިތުރުން، މިހާރު މާލެ ސަރަހައްދުގައި ދުއްވަމުންދާ، އާރުޓީއެލް ބަސްތަކަކީ މަގުތަކުގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް އަދި ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ޝެޑިއުލްއާ އެއްގޮތަށް ބަހަށް ދަތުރުކުރެވޭނެ ގޮތް މި މަޝްރޫޢުގެ ތެރެއިން ހަމަޖައްސެއްމަށް ވަނީ ކަނޑައެޅިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.