މާލޭ މަގުމަތީ އުޅަނދެއް ދުއްވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
25 Jul 2024 | 10:44
ކުނި ނެގުން ރޭގަނޑު 10 އަށް ބަދަލުކޮށް، ދުވާލު ގަޑީ ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން މަނާ ކުރަނީ

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ކުރުމަށް ކުނި އުކާ ވަގުތު ރޭގަނޑު 10 އަށް ބަދަލުކޮށް، ބޮޑެތި އުޅަނދުފަހަރު ހަމައެކަނި ރޭގަނޑު ދުއްވާ ގޮތަށް ހަދަން ނިންމައިފިއެވެ. 

ދަތުރުފަތުރާއި މަދަނީ ޚިދުމަތްތަކާއި ބެހޭ ވުޒާރާއިން ރޭ އިފްތިތާހުކުރި "މާލެފަހި" ޕްރޮގުރާމުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދު ބޭނުންކޮށްގެން މުދާ މާލޭގައި މުދާ އުފުލޭނީ ރޭގަނޑު 08:00 އިން ފަތިހު 05:00 އަށެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. 

ހަމަ އެހެންމެ، މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރަން މާލޭގެ ގެތަކުން މިހާރު ކުނި ނަގަމުން އަންނަ ގަޑިތަކަށް ގެންނަންވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. 

އެގޮތުން، މާލޭގެ ގެތަކުން ކުނި ނަގާނީ ރޭގަނޑު 10:00 ފެށިގެން ފަތިހު 5 ޖަހަން ދެން ކަމަށް ބުބެފައިވެއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ޙަކަތައާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކުން ވެމްކޯ އިން މިހާރު ކުނި ނަގަނީ ރޭގަނޑު 7 އިން 10 ޖަހަންދެންނެވެ. ދުވާލުގެ އެކި ގަޑިތަކުގައި ވެސް ބައެއް ސަރަހައްދުތަކުން ކުނި ނަގަން ވެމްކޯގެ ބޮޑެތި އުޅަނދުތައް މިހާރު ދުއްވާކަން ފާހަގަކޮށްލަންޖެހެއެވެ. 

ދަތުރުފަތިރާއި ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުން، މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި މި ދެ ބަދަލުވެސް ކުރިއަށްއޮތް 6 މަސްތެރޭގައި އެއްކޮށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.