"ހެޕިނެސް އިންޑެކްސް" އެކުލަވާލުމުގެ ފުރަތަމަ މަސައްކަތު ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
25 Jul 2024 | 15:16
ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ އުފާވެރިކަން މިންކުރާ "ހެޕިނެސް އިންޑެކްސް" އެކުލަވާލުމުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ބާއްވައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތަކާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާ އާއި  ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ ގުޅިގެން "އުފާވެރި ރާއްޖެ" އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުން އިސްލާމިކް ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމްގައި ބާއްވާފައިވާ ކަމަށެވެ.

ހެޕިނެސް އިންޑެކްސް މަސައްކަތު ބައްދަލުވުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އިފްތިތާޙްކޮށްދެއްވި އިރު، މި ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާރސިޓީ މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެން މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ މުޚާޠަބް ކުރައްވާ ވާހަކަފުޅު ދެއްކެވިކަމަށް އެ ވުޒާރާއިން ބުނެއެވެ.

ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތުބައްދަލުވުން އިސްލާމިކް ޔުނިވާރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާ ކުރިއަށް ގެންގޮސްދެއްވިއިރު، މި މަސައްކަތުބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ޚާއްޞަ ކުރައްވާފައި ވަނީ ސިޓިތަކާއި އިދާރީ ދާއިރާތާކާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެ ވުޒާރާއިން އިތުރަށް ބުނީ،  ކުރިއަށް އޮތްތަނުގައި މި ފަދަ މަސައްކަތު ބައްދަލުވުންތައް އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

 "ހެޕިނެސް އިންޑެކްސް" އެކުލަވާލުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. އެގޮތުން ވަޒީރު ވަނީ މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގައި ރައްޔިތުންގެ ހުރި އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"ގެ ނަމުގައި ސަރުކާރުން ހާއްސަ މަސައްކަތެއް ފައްޓަން ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް މި އަހަރު ތެރޭ ފެށިގެން، އަންނަ އަހަރުތެރޭ ތަންފީޒުކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.