ޕީސީއެމްއެސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
25 Jul 2024 | 15:17
20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް އިންސްޓޯލްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ 20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް (ޕީސީއެމްއެސް) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ތާރިޤް އިބްރާހިމެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ މި ބީލަން ކާމިޔާބުކުރި ޗައިނާގެ ކޮންޓުރެކްޓަރެއް ކަމުގައިވާ ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ގޫ ޖެންޕުންގ އެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތުދެމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، މިއީ 5،821،661 އެމެރިކާ ޑޮލަރުގެ މަޝްރޫޢުއެއް ކަމަށާއި، މި މަޝްރޫއުގެ ދަށުން 20 ރަށެއްގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމުތައް ހޯދާ އެ ތަންތަނުގައި އިންސްޓޯލުކުރެވިގެންދާނެ ކަމަށެވެ.

މީގެ ސަބަބުން އެ ރަށްރަށުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރަމަށް މަގުފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން 20 ރަށުގައި ޤާއިމުކުރާ ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމްތައް ފެނަކައިގެ އިންޖީނުގެތަކުގައި އިންސްޓޯލްކޮށް މި ސިސްޓަމްތަކުގެ އޮޕަރޭޝަން އަދި މެއިންޓެނެންސް 2 އަހަރުދުވަހަށް ބަލަހައްޓާނީ ކޮންޓްރެކްޓަރު ކަމަށާއި، މި ސިސްޓަމްތަކަށް ފެނަކައިގެ މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި އެކުންފުނީގެ މުވައްޒަފުންނަށް ތަމްރީނު ދިނުންވެސް އެއްބަސްވުމުގައި އެކުލެވިފައިވާ ކަމަށެވެ.

ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމްތައް ޤާއިމުކުރާ 20 ރަށަކީ:

1. ހއ. ތުރާކުނު

2. ހއ. އުލިގަމް

3. ހއ. މޮޅަދޫ

4. ހއ. ހޯރަފުށި

5. ހއ. އިހަވަންދޫ

6. ހއ. ކެލާ

7. ހއ. ވަށަފަރު

8. ހއ. ދިއްދޫ

9. ހއ. ފިއްލަދޫ

10. ހއ. މާރަންދޫ

11. ހއ. ތުރާކުނު

12. ހއ. އުތީމު

13. ހއ. މުރައިދޫ

14. ހއ. ބާރަށް

15. ޅ. އޮޅުވެލިފުށި

16. ޅ. ކުރެންދޫ

17. ގއ. ވިލިނގިލި

18. ށ. ބިލަތްފަހި

19. ހދ. ފިނޭ

20. ހދ. ކުމުންދޫ

 ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ރަށްރަށުގައި ޤާއިމުކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި،  އެ ނިޒާމުތައް ޒަމާނީކޮށް އެނާރޖީ މެނޭޖްމަންޓު ސިސްޓަމު މެދުވެރިކޮށް ކޮންޓްރޯލު ކުރެވޭނެ ގޮތަށް ބަދަލުކުރަމުންދާ ކަން އެވުޒާރާއިން ފާހަގަކުރިއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވިފައިވާއިރު، މިއީ ގައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.