ދީން
26 Jul 2024 | 12:58
ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލިގެންދޭ: ޚުތުބާ

ރޭގަނޑު ހޭލައި ހުރެފައި ފަތިހު ނިދާ މީހުންނަށް މުހިންމު ދެ ޣަނީމާއެއް ގެއްލިގެންދާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

“ރިޒްޤުގެ ބަރަކާތް ހޯދާށެވެ!“ މައުލޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބަޔާން ކޮށްފައިވާ ގޮތުން، ރޭގަނޑު ފަސް ވަންދެން ކުޅިވަރާއި މަޖަލުގައި ހޭލާ ހުރުމަށްފަހު، ފަތިސް ވަގުތު ވުމުން ނިދާ މީހާއަށް ގެއްލިގެންދާ ދެ ޣަނީމާ އަކީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތެވެ.

އަދި މިކަމުގެ ސަބަބުން އެފަދަ މީހުން އިލާހީ ރިޒްޤުން މަޙްރޫމުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަޙްރޫމުވެއެވެ. الله އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެކެވެ. އޮފީހަށް ގަޑި ޖެހިގެންދާ މީހާގެ މުސާރައިން އުނިވާ ގޮތަށް، ސަވާބާއި ދަރުމަ ވެސް އުނިވާނެއެވެ. ފަތިސްނަމާދު ނުކުރުމުން اللهގެ ރުއްސެވުމުން އޭނާ މަޙުރޫމުވާނެއެވެ. މި ވަގުތުގެ ބަރަކާތުން އިންސާނާ މަޙްރޫމު ކުރެވޭތޯ ޝައިޠާނާ މަސައްކަތް ކުރާނެއެވެ. ރޭގަނޑު ކުޅިވަރުގައި ހޭލައި ހުރުން، އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަކަމަކަށް ހަދާނެއެވެ. މި ފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސް ވުމުންނެވެ. އޭނާއަށް ފަތިސް ނަމާދު ވެސް އަދި ދުވާލުގެ ފެށުން ވެސް ގެއްލުނީއެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ފަތިސްނަމާދަށް ރައްކާތެރިވެ، ހެނދުނުގެ ވަގުތުގައި ހީވާގިކަމާއެކު ރިޒްޤުހޯދާން މަސައްކަތްކުރާ މުރާލި ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ!

ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މާތް الله ކޮންމެ އެއްޗެއް ވެސް ހައްދަވާއިރު، އެ އެއްޗެއްގެ ރިޒްޤު ކަނޑައަޅުއްވައެވެ. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިޤްތިޞާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެކެވެ.

އަހުރެމެން މާތް اللهގެ ފޮތަށާއި، ކީރިތި ރަސޫލާ ޞޢވ ސުންނަތަށް ބަލައިފި ނަމަ، ރިޒްޤު ހޯދުމުގައި އޮތް ރަނގަޅު ގޮތް ފެންނާނެއެވެ. އެއީ މާތް الله އަށް ބިރުވެތިވެ تَقْوَىވެރިވުމާއި ވަކީލުކުރުމެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައީ: "އަދި اللهއަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީ ވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللهއަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ."

ހުކުރު ޚުތުބާ

މިއާއެކު، ޚުތުބާގައި ބުނީ ރިޒްޤު ތަނަވަސްކޮށްދެއްވައި، ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން ހިމެނޭ ކަމަށެވެ.

އަދި ޞަދަޤާތަކީ މުދަލުގައި ބަރަކާތްލައްވައި، މުދާ ރައްކައުތެރިކޮށްދެއްވާނެ ކަމެއް ކަމަށާއި، ރަސޫލު الله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ގޮތުގައި ޞަދަޤާތުގެ ސަބަބުން އަޅާގެ މުދަލަށް އުނިކަމެއް ނާންނާނެ ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރިޒްޤު ހޯދާން އެދޭ މީހާ، ހީވާގިކަމާ އެކު މަސައްކަތް ކުރަންޖެހެއެވެ. އަދި ޙައްޤު ގޮތުގައި ރިޒްޤު ހޯދާން މަސައްކަތްކުރާ މީހާއަކީ اللهގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ މީހެއް ކަމަށާއި، އޭނާއަށް الله ރިޒުޤު ތަނަވަސްކޮށް ދެއްވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ