ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Jul 2024 | 23:46
ބޭރުގެ ދަރަނިތައް އަދާކުރުމުގައި ލުއިތަކެއް އަންނަނީ ލިބެމުން: ރައީސް

ބޭރުގެ ދަރަނިތައް އަދާކުރުމުގައި ލުއިތަކެއް އަންނަނީ ލިބެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަސް ފާހަގަ ކުރަން ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ދަރަނިތައް އަދާކުރުމުގައި ލުއިތަކެއް އަންނަނީ ލިބެމުން ކަމަށާއި ޗައިނާ އާއި އިންޑިއާ އިން އެކަމުގައި އަންނަނީ ވަރަށް ބޮޑަށް އެހީތެރިވަމުން ކަމަށެވެ.

"އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ އަޅުގަނޑުމެން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލްއައުޓް ކޮށްދެއްވާފައި. ޗައިނާ ސަރުކާރުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖެއިން ދައްކަން ޖެހޭ ލޯނާއި އިންޓަރެސްޓް ދައްކަން ނުޖެހޭނެ ގޮތް ހަދައި ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި. އެކަމުގެ ފަންނީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ޔޫއޭއީއަށް ދައްކަން އޮތް ލޯން ވެސް ކުރިއަށް އޮތް ފަސް އަހަރަށް ލަސްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި." 

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިވަންކަން ގައުމަކަށް ލިބެނީ ތިން ކަމެއް ލިބިގެން ކަމަށާއި އެއީ އިޤުތިޞާދީ ސިޔާދަތު ޔަގީންވެގެންނާއި އަމިއްލަ ވަންތަކަމުގެ ސިޔާދަތު ޔަގީން ވެގެންނާއި އަދި ދިފާއީ ސިޔާސަތު އެގައުމަކަށް ޔަގީންވެގެން ކަމަށެވެ. މިތިން ސިޔާދަތު ޔަގީން ނުވަނީސް އެގައުމެއްގައި ހަގީގީ މާނައިގައި މިނިވަންކަމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގައުމުގެ އިޤުތިޞާދީ ސިޔާދަތު ޔަގީން ކުރެވޭނެފަދަ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް ސަވަރިން ފަންޑްގައި ހުރި ދެމިލިއަން ރުފިޔާ މިހާރު 65 މިލިއަން ޑޮލަރަށް އިތުރު ކުރެވިއްޖެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.