ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Jul 2024 | 09:09
މި ނޮވެންބަރު މަހު ވައިޑް-ބޮޑީ އެއާކްރާފްޓްގެ ހިދުމަތް ދޭން ފަށާނަން: ރައީސް ޑރ.މުޢިއްޒު

އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނެސް، މި އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖެއިން ގިނަ މަންޒިލްތަކަށް ޑައިރެކްޓް ފްލައިޓު އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މިދިޔަ 8 މަސް ދުވަހުގެ ތެރޭގައިވެސް ޗައިނާގެ އެކި ސަރަހައްދުތަކަށް ސީދާ ދަތުރުތައް ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖެއަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް ދުރު ރާސްތާތަކަށް ޑައިރެކްޓް ދަތުރުތައް ހަމަޖެއްސުމަކީ މެނިފެސްޓޯގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހިމެނުއްވި އެންމެ މުހިންމު ކަންތައްކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"މި ނޮވެންބަރު މަހު އިރާދަކުރެއްވިއްޔާ ވައިޑް-ބޮޑީ އެއާކްރާފްޓްގެ ފުރަތަމަ ފްލައިޓްގެ ހިދުމަތްދޭން ފަށާނަން. އޭގެ ނަތީޖާއަކަށް ވެގެންދާނީ ހައި ސީޒަންގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަށް ވުރެ ވެސް މައްޗަށް، މިއަހަރުގެ 2 މިލިއަން ޓުއަރިސްޓުން އޮތީ، ޓާގެޓް އެއަށްވުރެ ވެސް މައްޗަށް އިރާދަކުރެއްވިއްޔާ ގެންދާނަން. އެއީ އަމާޒަކީ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މި ހިދުމަތާއިއެކު، ޗައިނާގެ އެކި މަންޒިލްތަކުގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރެވިގެންދާނެ ކަމަށެވެ.

ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެއަށް ގެނައުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެެޑާއި އެއަރލައިންތަކަށް މަތިންދާބޯޓު ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ޓްރޫނޯޑްއާ ދެމެދު ސޮއިކޮށްފައިވަނީ އިއްޔެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަނުން ބުނީ، އެ ކުންފުނީގެ އުދުހުންތަކަށް އޭ330-200 ތަޢާރަފުކުރުމުން އެއަރލައިންގެ އޮޕަރޭޝަނަލް ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެ، އައު މަންޒިލުތަކަށް އުދުހުމުގެ ފުރުޞަތު ލިބި، ފަސިންޖަރުންނަށް އިތުރަށް ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ތަޖުރިބާއެއް ލިބިގެންދާނެކަމަށެވެ.

އެއާ ބަސްގައި ތިން ކްލާހެއް ހިމެނޭއިރު، އޭގެ ތެރޭގައި، ބިޒްނަސް އަށް 18 ގޮނޑި އާއި ފްރިމިއަކް އެކޮނަމީއަށް 36 ގޮޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮޑިއާއެކު ޖުމްލަ 264 ގޮނޑި ހިމެނޭނެއެވެ.

 މި މަތިންދާބޯޓުން އެންމެ ފުރަތަމަ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާއަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.