ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Jul 2024 | 09:30
ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ނުހޯދާ ހުރި، އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ.މުޢިއްޒު

އެކި ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ނުހޯދާ ހުރިކަމަށާއި، އެ ފައިސާ ހޯދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ އެތައް ބިލިޔަން ރުފިޔާއެއް ނުހޯދައި ފާއިތުވި ސަރުކާރުތަކުން ދޫކޮށްލާފައިވާކަމަށެވެ.

މިހާތަނަށް ދައުލަތަށް ނުލިބި 13 ބިލިއަން ރުފިޔާ ހުރިކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވަނީ މީގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. މިގޮތުން، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިޔަން ޑޮލަރާއި،  ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ 102 މިލިޔަން ޑޮލަރާއި، ޖީއެސްޓީގެ ގޮތުގައި ލިބެން ޖެހޭ 3.3 ބިލިޔަން ރުފިޔާގެ އިތުރުން ކޯރޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ނުހޯދާ ހުރި ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މި ފައިސާ އެކަނި ހޯދިޔަސް ރާއްޖޭގެ ދަރަނީގެ މައްސަލަ ޙައްލުވާނެ ކަމަށާއި، މިފައިސާ ހޯދާނެ ކަމަށެވެ. އެކަމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ސިޓީ ފޮނުވުމުން ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަން ފަށާފައިވާ ކަމަށާއި، ނިމިދިޔަ ހަފްތާ ތެރޭގައިވެސް މީގެ ތެރެއިން އެއްބައި ފައިސާ ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ޙައްލުވީ. އެ މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ އެފައިސާ ހޯދާނަން. މިހާރު މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަންވެސް ފަށައިފި. ސިޓީ ފޮނުވާލީމަ ފައިސާ ދައްކަން ފަށައިފި. ކަމަކާ އުޅުނީމަ ދެއްތޯ ފައިސާ ދޭނީ ވެސް. ފައިސާ ހޯދަން އުޅުނީމަ. ސިޓީ ފޮނުވީމަ މިހާރުވެސް، މިދިޔަ ހަފްތާ ތެރޭގައިވެސް މީގެ ތެރެއިން އެއްބައި ފައިސާ ދައްކައިފި."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިފައިސާ ހޯދުމަށް ކޯޓަށް ދާންޖެހޭނަމަ އެކަން ވެސް ކުރައްވާނެ ކަމަށާއި، އެހެންނަމަވެސް، އެހާ ހިސާބަށް ނުގޮސްވެސް މި އަދަދުގެ ދެބައިކުޅަ އެއްބައި ހޯދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެމްއެމްޕީއާރުސީއާއި އެހެނިހެން ވައްކަންތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ހޯދާނެ ކަމަށާއި، އެކަން ކުރުމަށް ބިރު ނުގަންނާނެ ކަމަށެވެ. 

"ގައިމު އަޅުގަނޑެއް ނޯންނާނެ އެކަމުގައި އެންމެ ލޯލާރިއެއްވެސް އެއިން އެއްވެސް ބޭފުޅެއްގެ އަތުން އެއްވެސް ކަމެއްގައި ދުވަހަކުވެސް ހޯދާފައި. އެހެންވީމަ އަޅުގަނޑު ބިރުގަންނަން ޖެހޭ ކަމެއް ނެތެއްނޫންތޯ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފް ކުރާނެ ކަމަށާއި، ކޮރަޕްޝަން ނައްތާލުމަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ހެޔޮ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށްޓަކާ މުހިންމުކަމެއްކަމަށްވެސް ރައީސް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.