ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Jul 2024 | 10:43
ރައީސް ޞާލިހު ސަރުކާރުން ސިއްރު ކުރި ދަތުރުތަކުގެ ޚަރަދު މި ސަރުކާރުން ހާމަކޮށްފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބޭރު ދަތުރުފުޅަކާ ގުޅޭގޮތުން ކުރީ ސަރުކާރުން ސިއްރު ކުރި މައުލޫމާތުތަކެއް މި ސަރުކާރުން ހާމަކޮށްފިއެވެ.

އޭރުގެ ސަރުކާރުން މި މައުލޫމާތުތައް ހިއްސާކުރުމަށް ދެކޮޅު ހަދައި 20 މާރިޗު 2022 ގައި ހައިކޯޓަށް ވަނީ މިމައްސަލަ ހުށަހަޅާފައެވެ. އެހެންނަމަވެސް، މި މައުލޫމާތުތައް ހިއްސާ ކުރަން ޖެހޭކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުން ބަދަލުކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން ކަނޑައެޅުމާއި ގުޅިގެން ރައީސް ޞާލިހުގެ ސަރުކާރުން ވަނީ 7 ޖުލައި 2023 ގައި މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެހެންނަމަވެސް، މިސަރުކާރުން ވަނީ އެ މައްސަލަ އަނބުރާ ގެނެސް މައުލޫމާތުތައް ހިއްސާކުރުމަށް ނިންމާފައެވެ.

އެގޮތުން، މި މައުލޫމާތުތައް ހޯދުމަށް އެދުނުފަރާތާއި ހިއްސާ ކުރުމަށް ނިންމާފައިވާކަން ހާމަކޮށް، ބަންޑާރަނައިބުގެ އޮފީހުން މިމަހުގެ 23 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައީސް ޞާލިހުގެ ދަތުރުފުޅާއި ގުޅިގެން އެ މަޢުލޫމާތުތައް، މަޢުލޫމާތަށް އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައިވާނެ ކަމަށެވެ.

މިއީ 2021 ވަނަ އަހަރު، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫޤް ހޯދަން އެދިލައްވާފައިވާ މައުލޫމާތެކެވެ. އަޒާން ވަނީ މި ދަތުރުފުޅުތަކުގެ ރަސީދުތައް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާކުރައްވާފައެވެ.

މި ސަރުކާރުން ވަނީ ރައީސް ޞާލިހުގެ ދެ ކަނބަލުން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 އިން 28 އަށް އެމެރިކާ ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނުގެ ދަތުރުފަތުރަށް ދިޔަ ޚަަރަދާއި، ހުންނެވުމުގެ ޚަރަދާއި، ދަތުރުފުޅުގެ ޓިކެޓްގެ ޚަރަދު ވެސް ހާމަކުރައްވާފައެވެ.

މިގޮތުން ރައީސް ޞާލިހުގެ ދެކަނބަލުން ގެ ޓިކެޓްގެ ޚަރަދަށް މިދިޔަ ސަރުކާރުން ޖުމްލަ 350،404.08 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ދެކަނބަލުންގެ ހުންނެވުމަށް 36,747 ޑޮލަރު (566,638.74 ރުފިޔާ) ވަނީ ޚަރަދުކޮށްފައެވެ.

ހަމައެއާއިއެކު، ރައީސް ޞާލިހުގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފުދުގެ ބޭފުޅުން ހިމެނޭހެން އެމެރިކާގައި ކުރެއްވި ދަތުރުފުޅުތަކަށް ޖުމްލަ 20،370 ޑޮލަރު (314،105 ރުފިޔާ) ވަނީ ކުރީ ސަރުކާރުން ހަރަދުކޮށްފައެވެ.

އެއާއިއެކު ރައީސް ޞާލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ހިނގި ޚަރަދުތަކަށް ކެއުން ބުޔުމާއި ނުލައި ގާތްގަނޑަކަށް 1,231,147 ރުފިޔާ އަރައެވެ.

ކޮމެންޓް
Ibrahim Rasheed
މާބޮޱެއް ނޫން.
29 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.