ތިނަދޫގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން--
ހަބަރު
27 Jul 2024 | 15:24
މުޒާހަރާކުރި ބިދޭސީން ޑީޕޯޓްކުރަން ނިންމި މައްސަލަ އެޗްއާރުސީއެމް އިން ބަލަނީ

ތިނަދޫގައި މުޒާހަރާ ރޭވުމުގައި އުޅުނު ބަންގްލަދޭޝް މީހުން ޑީޕޯޓުކުރަން ސަރުކާރުން ނިންމި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

އެޗްއާރުސީއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއިންވެސް ސޮއިކޮށްފައިވާ އިންޓަނޭޝަނަލް ކޮންވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ  21 ވަނަ މާއްދާގެ ދަށުން، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން، ބިދޭސީން ހިމެނޭގޮތަށް އެންމެންނަށްވެސް ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އެހެންކަމުން، ތިނަދޫގައި ސުލްޙަވެރި އިހުތިޖާޖެއް އިންތިޒާމުކުރުމުގައި ބައިވެރިވި ބަންގްލަދޭޝް މީހުން އަނބުރާ ފޮނުވާލަން ސަރުކާރުން ނިންމާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.

ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެން، ގދ. ތިނަދޫގައި ދިރިއުޅޭ ބިދޭސީންތަކެއް މިދިޔަ ބުރާސްފަތި ދުވަހު މުޒާހަރާކުރިއިރު، މިކަމާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި އުޅުނު މީހުން ހައްޔަރުކޮށް، ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް
ރަށުމީހާ
މިކަމުގެތެރެއަށްއެއްވެސްބަޔަކުނުވަނުންއެދެން
27 Jul 2024
ގަލަން
އެޗްއާރްސީއެމްކިތަންމެ ވަރަކައްބެލިޔަސް މުޒާހިރާކުރި ބިދޭސީން ޑީޕޯޓްކުރަންވާނެ. ބަލައިގެންވެސް ވާނެކަމެއްނެއް
27 Jul 2024
ރަޝީދާ ފޭދޫ
މިރާއްޖޭގެ ރައްޔަތުންނައް ކަމަކާ ޖެހިގެން ތިބުނާ ކޮމިޝަނަށް މައްސަލަތައް ވެއްދިޔަސް ވަކި ބަޔަކައް ނޫނީ އެބުނާ ހިއުމަން ރައިޓުސްއެއްނޯވޭ ބޭރުމީހަކު ބާރައްނޭ ވާއެއްލިޔަސް މިމީހުންނައްބާރުކުރޭ ކިހާބޮޑު ކަމެއް
27 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.