ވަޒީރު އަހުމަދު ޝިޔާމް: ފޮޓޯ/ ވޮއިސް
ހަބަރު
28 Jul 2024 | 10:38
ޕްރޮސެސިން ކެޕޭސިޓީ އިތުރުވުމުން، މަސް ބޭރުކޮށްގެން 190 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ: ޝިޔާމް

ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރެވުމުން މަސް ބޭރުކޮށްގެން ރާއްޖެއަށް ލިބޭ އާމްދަނީ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރުހަތަރެއް" ޕްރޮގްރާމުގައި ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، މިފްކޯއިން އަހަރެއްގެ މައްޗަށް، ގާތްގަނޑަކަށް 70،000 މެޓްރިކްޓަނުގެ މަސް ބޭރުކުރާ ކަމަށެވެ. އޭގެތެރެއިން 65 އިންސައްތަ އަކީ ރޯމަހުގެ ގޮތުގައި ބޭރުކުރާ މަސްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އޭގެ ސަބަބުން މަސްވެރިންނަށް ލިބެންޖެހޭ ރަނގަޅު އަގުގައި މަސް ބޭރުނުކުރެވޭ ކަމަށެވެ. 

އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުމަކީ މިފްކޯގެ މިހާރު ހުރި ފެސިލިޓީވެސް ތަރައްގީ ކުރުން. އޭގެ ތެރޭގައި، ދަޅުބަންދު ކުރާ ކާރު ޚާނާ އަކަށް މިއޮތީ ފެލިވަރު. ފެލިވަރު އެއީ، 1980 ގެ ތެރޭގައި އުފެދުނު ކާރުޚާނާއެއް. އޭގައި އެހުރީ 40 އަހަރުގެ ޕްރޮސެސިންގ ލައިނެއް. އެއީ އެހާ އެފިޝިއަންޓް ލައިނެއް ނޫން. އެއިން އޮޕަރޭޓް ކުރާނަމަ ވަރަށް ޚަރަދު ބޮޑު. ދުނިޔޭގެ އެހެން ފެސިލިޓީ ތަކާ އަޅާބަލާއިރު އަޅުގަނޑުމެން މިއުޅެނީ ވަރަށް ފަހަތުގައި

އެހެންކަމުން، ފެލިވަރު އެކްޕޭންޝަން މަސައްކަތް އިންޑިޔާގެ އެހީގައި، ނިމިދިޔަ ސަރުކާރުން ފަށާފައިވާ ކަމަށާ ނަމަވެސް މި ސަރުކާރާ ހަވާލުވިއިރު މަސައްކަތުގެ ނިމުނީ ގާތްގަނޑަކަށް 5 އިންސައްތަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވުމާއެކު އެކަން އަވަސް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުއެވެ. 

އަދި ސަރުކާރުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި މިޕްކޯގެ ފެސިލިޓީ ތަކުގެ އެކްސްޕޭންޝަންއަށް ކުރަން ހުރި މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

މިއާއެކު މަސްވެރިކަމާއި ބެހޭ ވުޒާރާއިން، ދިވެހިރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކަށް އަލިއަޅުވާލައްވަމުން ޝިޔާމް ވަނީ، ޗައިނާގެ އެހީގައި ޅ. ފެލިވަރު، ފ. ނިލަންދޫ އަދި ގދ. ފިޔޯރީގައި މަސް ބަންދުކުރާ ފެކްޓްރީތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރައްވާފައެވެ.

ޝިޔާމް ވިދާޅުވިގޮތުގައި، މިވަގުތު ފެލިވަރުގައި ހުރި ފެސިލިޓީގެ ޕްރޮސެސިންގ ކެޕޭސިޓީ އަކީ 40 މެޓްރިކް ޓަނެވެ. އެތަނަށް އިތުރު 100 މެޓްރިކް ޓަން، އަދި ނިލަންދޫއާއި ފޮޔޯރީގައި އަޅާ ދެ ފެސިލިޓީން، ކޮންމެ ފެސިލިޓީއެއްގައި ވެސް 100 މެޓްރިކް ޓަނުގެ ޕްރޮސެސިން ކެޕޭސިޓީ ހުންނާނެ ކަމަށާ ވުމާއެކު މި އައު ފެކްޓްރީތަކާއެކު އިތުރު 300 މެޓްރިކް ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަން ޝިޔާމް ފާހަގަކުރެއްވިއެވެ. 

މި އިތުރުވުމާއެކު، ދިވެހިރާއްޖޭގެ މިހާރުގެ މަސް ޕްރޮސެސް ކުރުމުގެ ޤާބިލުކަން ފަސް ގުނައަށްވުރެ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޕްރޮސެސިންގް ކެޕޭސިޓީ އެތައް ގުނަ އަކަށް އިތުރުވެގެން ދިޔައީމަ،  ގާތްގަނޑަކަށް ރާއްޖެއިން މި ބޭރުކުރާ ހުރިހާ މަހެއް ދަޅަށް އެޅޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. 

އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ، އެ ފެކްޓްރީތަކުން އިތުރުކުރެވޭ ކެޕެސިޓީއާއެކު މިހާރު ހުރި އެހެން ފެކްޓްރީތައް ހިމަނައިގެން ގާތްގަނޑަކަށް 81000 މެޓްރިކްޓަނުގެ މަސް ބަންދު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޝިޔާމް ވިދާޅުވިގޮތުގައި ރާއްޖެއިން މިހާރު 128،000 ނުވަތަ 130،000 މެޓްރިކްޓަނުގެ މަސް ބާނައެވެ. އަދި އެއިން ގާތްގަނޑަކަށް 82،000 ޓަނު މަސް ޕްރޮސެސް ކޮށްގެން ބޭރުކުރެވޭނަމަ ރާއްޖެއަށް މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ އިތުރުކުރެވޭނެއެވެ.

މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ މިހުރީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގައި. އަޅުގަނޑުމެންނަށް އިރާދަކުރެެއްވިއްޔާ މި ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށްގެން 180 ނުވަތަ 190 މިލިއަން ޑޮލަރަށް މިއަދަދު އިތުރުކުރެވޭނެ.

ވަޒީރު އަހުމަދު ޝިޔާމް


ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.