އިގްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު: ފޮޓޯ/ ވޮއިސް
ހަބަރު
28 Jul 2024 | 12:40
ރާއްޖޭގައި ޓިކްޓޮކާއި އެފަދަ އެހެން ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހަދަނީ

މީސްމީޑިއާގެ މަންސައެއް ކަމަށްވާ ޓިކްޓޮކާއި އެނޫންވެސް އެފަދަ އެހެން މަންސަތަކުން ފައިސާ ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އިގްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ "ޕީއެސްއެމް ނިއުސް"ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، މީސްމީޑިއާގެ އެކި މަންސަތަކަކީ ބޭރުގެ ގައުމުތަކުގެ އުފެއްދުންތެރިން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ މަންސަތަކެއް ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި، ދިވެހި އުފެއްދުންތެރިންނަށް އެފަދައިން ފައިސާ ނުހޯދެނީ، ރާއްޖޭގެ މިހާރު އޮތް ނިޒާމުގެ ތެރޭގައި ފައިސާ ބަލައިގަންނާނެ ފަސޭހަ ގޮތްތަކެއް ނެތުމުން ކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ގިނަ އަދަދެއްގެ އުފެއްދުންތެރިން އެބަ ތިބި، އާޓިސްޓުން، މިއުޒިޝަނުން އެކި ކަހަލަ ކްރިއޭޓިވް ކަންކަން ކުރާ، މިސާލަކަށް ޔޫޓިބަކީވެސް މިއަދު ވިޔަފާރި ކުރެވޭ އެއް ސޯޝަލް ޕްލެޓްފޯމް، އިސްނސްޓަގްރާމަކީވެސް ވިޔަފާރި ކުރެވޭ ޕްލެޓްފޯމެއް، ފޭސްބުކް ޓިކްޓޮކް ކަހަލަ އެއްޗެއްސަކީވެސް ހަގީގަތުގައި ގައުމުތަކުން ވިޔަފާރީގެ ތެރެއަށް ވަދެގެން ވަރަށް ބޮޑަށް ހަރަކާތްތެރިވާ އޭރިއާސްތަކެއް، ރާއްޖޭގައި މިކަން ނުކުރެވޭ، ސަބަބަކީ ރާއްޖެއަށް މިހާރު އޮތް ނިޒާމުގެ ތެރޭގައި ނެތް ޕޭމަންޓް ރިސީވް ކުރެވޭނެ ފަސޭހަ ގޮތްތަކެއް"

އިގްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު 

އެހެން ކަމުން، އެކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް އަދުގެ ސަރުކާރުން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއާއެކު، ސައީދު ވިދާޅުވީ ޓިކްޓޮކުން ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށް ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ވާހަކަދައްކަން ފަށާފައިވާ ކަމަށާއި އެއަށް ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ.

."އެކަން (ޓިކްޓޮކުން ފައިސާ ލިބޭތޯ ކުރާ މަސައްކަތް) ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށް އެދިގެން މި މަސައްކަތް ކުރަނީ… ކުރިއެރުންތަކެއް ލިބެމުންދަނީ. ޖުމްލަ ގޮތެއްގައި ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވެފައި މިހުރި ގޮންޖެހުންތަކެއްގައި އަދި ހާއްސަކޮށް އީ ކޮމާސްގެ ތެރޭގައި މިހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ރައީސްގެ މެނިފެސްޓޯ ވައުދެއްގެ ގޮތުން އަޅުގަނޑުމެން އަށް މަސް ދުވަސްތެރޭގައި އާދެވިފައި ތިބި ހިސާބު މި ދެންނެވީ،"

އިގްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު 

މީގެ އިތުރުން އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރަން ފެށޭނެކަމަށާ އަދި ގޫގުލް ޕޭ އާއި އެޕަލް ޕޭ ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

"އެކަން ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށް އެދިގެން މި މަސައްކަތް ކުރަނީ ކުރިއެރުންތަކެއް ލިބެމުންދަނީ" މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.