ފުލުހުންގެ މައި އިދާރާ: ފޮޓޯ/ ވޮއިސް
ހަބަރު
28 Jul 2024 | 13:08
ފިރިހެނަކު ބަރާހަނާކޮށް ފޭރުނު މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި، ގެއަކަށް މީހަކު ވައްދައި، އެމީހާ ބަރަހަނާކޮށް ބިރުދެއްކުމަށްފަހު އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލާގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، މީހަކަށް ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު، އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހެޅީ މި ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. 

އަދި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، މީގެ ކުރިން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ. ހައްޔަރު ކުރެވުނު ދެމީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ބުނެފައިވެއެވެ. 

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެކަކު 30 ދުވަހުގެ މުއްދަތަކަށް، އަދި އަނެކަކު 60 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އެ މައްސަލައާއި ގުޅިގެން އިތުރަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، މައްސަލައާއި ގުޅިގެން ހޯދަމުންދިޔަ 43 އަހަރުގެ ދިވެހި އަންހެނަކު މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށާ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.