ވަޒީރު މުއްޠަލިބް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Jul 2024 | 16:35
ފްރީ ޓްރޭޑް އެގްރީމެންޓާއިއެކު ބޭރު ފައިސާ އިތުރަށް ލިބުމަށް މަގުފަހިވާނެ: ވަޒީރު މުއްޠަލިބް

ޗައިނާއާ އެކު ރާއްޖެއިން އެއްބަސްވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފެށުމާއި އެކު ރާއްޖެއަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމުގައި، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބް ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ، ލިބޭ މިންވަރަށް ވުރެ އިތުރަށް ބޭރު ފައިސާ ހޭދަކުރަން ޖެހުން ކަމަށާއި،  ބޭރު ފައިސާ ލިބުން މަދުވުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، ، ޗައިނާއާ އެކު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށުމުން، ބޭރު ފައިސާގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމާއި މަސްވެރިކަމާ ގުޅުން ހުރި އެހެން ސިނާއަތްތައް ތަރައްގީވެ، ރާއްޖެއިން ޗައިނާއަށް ޒީރޯ ޓެރިފްގައި އެއްޗެހި އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.

"ފްރީ ޓްރޭޑް އެގްރީމެންޓާ އެއްކޮށް ރާއްޖޭގެ އިތުރު ސިނާއަތްތައް، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުން ހުރި އެހެން ސިނާއަތްތައް ތަރައްގީވެގެން ގޮސްފައި، ރާއްޖެއިން އެއްޗެހި ޗައިނާއަށް ޒީރޯ ޓެރިފްގައި ބޭރު ކުރެވި، ބޭރު ފައިސާ އިތުރަށް ލިބުމަށް މަގުފަހިވާނެ. އެއީ އޭގައިން ލިބޭނެ އެންމެ ބޮޑު އެއް މަންފާ."

ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބް ވިދާޅުވީ، ޗައިނާގެ އިތުރުން އިންޑިއާ އާއިއެކުވެސް ފްރީ ޓްރޭޑް އެއްބަސްވުން ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.