މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ އޮފިޝަލުން އެމްކިއުއޭގެ އިސްވެރިންނާ ބައްދަލުކުރެއްވުން -- ފައިލް ފޮޓޯ: އެމްކިއުއޭ
ހަބަރު
28 Jul 2024 | 21:19
ކްލިކް އާއި އެވިޑް ކޮލެޖަށް އެމްކިއުއޭއިން ފިޔަވަޅު އަޅައިފި

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ކްލިކް ކޮލެޖް އަދި އެވިޑް ކޮލެޖާ މެދު ގަވާއިދާ ހިލާފަށް ކޯސްތައް ހިންގުމުގެ ސަބަބުން ފިޔަވަޅު އަޅައިފިއެވެ.

އެމްކިއުއޭއިން ބުނީ އެވިޑް ކޮލެޖާ ގުޅޭ ގޮތުން ލިބުނު ޝަކުވާތަކުގެ ތެރޭގައި މުސާރަ ނުދޭ ލެކްޗަރަރުން އިމްތިހާނު ކަރުދާސްތައް މާކު ނުކުރާކަމަށް ބުނެ ހުށަހެޅުނު މައްސަލަތައް ހިމެނޭ ކަމަށާއި، މީގެ އިތުރުން ކޮލެޖުން ހިންގާ 7 ޕްރޮގްރާމެއްގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން ކޮންޓެކްޓް އަވަރސް ހަމަނުކުރުމާއި، ޕްރޮގްރާމްގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، އެކަށީގެންވާ ގޮތެއްގައި ހާޒިރީ ބެލެހެއްޓިފައި ނުވުން ފަދަ މައްސަލަތައް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

މި ސަބަބުތަކާ ހުރެ، އެވިޑް ކޮލެޖުގެ މި ޕްރޮގްރާމްތަކުގެ ސްޓޭޓަސް 6 މަސް ދުވަހުގެ މުއްދަތަށް "ކޮންޑިޝަނަލީ އެކްރެޑިޓެޑް" އަށް ބަދަލުކޮށްފައިވާ ކަމަށް އެމްކިއުއޭ އިން ބުނެފައިވެއެވެ. އަދި އައު ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަން ދޫނުކުރުމަށްވެސް ނިންމާފައިވެއެވެ.

ކްލިކް ކޮލެޖާ ގުޅޭ ގޮތުން އެމްކިއުއޭ އިން ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ދެވުނު ޚާއްޞަ ހުއްދަ ބާޠިލުކުރުމަށްފަހު ހުއްދަ ނެތި އޮންލައިން ކޯސްތައް ހިންގާފައިވާ ކަމަށެވެ. އަދި ހުއްދަ ނެތް އިތުރު އޮންލައިން ޕްރޮގްރާމްތަކެއް އިޝްތިހާރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ސަބަބުތަކާ ހުރެ، އެކްރެޑިޓް ނުކުރެވޭ ޕްރޮގްރާމްތައް ހިންގުމުގެ ސަބަބުން ކްލިކް ކޮލެޖަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ. އަދި ހުއްދަ ނެތި ހިންގާ ޕްރޮގްރާމްތައް ހުއްޓާލުމަށާއި ގަވާއިދާ ޚިލާފު ކަންކަން އިޞްލާޙުކުރުމަށް އަންގާފައިވެއެވެ. މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ހިންގާފައިވާ ޕްރޮގްރާމްތަކަށް ސެޓްފިކެޓް ދޫނުކުރެވޭނެ ކަމަށްވެސް އެމްކިއުއޭ އިން ބުނެފައިވެއެވެ.

އެމްކިއުއޭ އިން މި ދެ ކޮލެޖާ މެދު ފިޔަވަޅު އަޅާފައިވަނީ އެ ދެ ކޮލެޖާ ގުޅޭ ގޮތުން ލިބުނު ޝަކުވާތަކާ ގުޅިގެން ކުރެވުނު ތަޙްޤީޤުތަކަށް ފަހުގައެވެ.

އެވިޑް ކޮލެޖުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް މި ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެމްކިއުއޭ އިން ބުނެފައިވެއެވެ. އެހެންނަމަވެސް ކްލިކް ކޮލެޖުގެ ހުއްދަ ނެތް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ދަރިވަރުންނަށް ލިބޭ ގެއްލުމަށް ކޮލެޖުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މި ދެ ކޮލެޖަށްވެސް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފުވެފައިވާ ކަންކަން އިޞްލާޙުކުރުމަށް އަންގާފައިވާ ކަމަށް އެމްކިއުއޭ އިން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް
MQA
MQA corrupt vefa ޮިo thaneh thee iy
29 Jul 2024
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.