ޗީފް ކަސްޓަމް އޮފިސަރު އަފްޒަލް މުހައްމަދު-- ފޮޓޯ: ސަން
ހަބަރު
29 Jul 2024 | 15:01
އަހަރުގެ މިހާތަނަށް 64 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ކަސްޓަމްސް

މި އަހަރުގެ މިހާތަނަށް 64 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ކަސްޓަމް އޮފިސަރު އަފްޒަލް މުހައްމަދު ވިދާޅުވީ، މިހާތަނަށް އަތުލައިގެންފައިވާ 64.84 ކިލޯ ގްރާމްގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 106 މިިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށެވެ.

އަފްޒަލް ވިދާޅުވީ، އޭގެ ތެރެއިން އެންމެ ގިނައިން އަތުލައިގެންފައިވަނީ ވަނީ ކެނަބިސް ކަމަށާއި އޭގެ 17.38 ކިލޯ ގްރާމް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ދެން އެންމެ ގިނައިން އަތުލައިގެންފައިވަނީ ހިރޮއިން ކަން ފާހަގަކުރައްވަމުން އަފްޒަލް ވިދާޅުވީ، 5 ކޭހަކުން 11.60 ކިލޯ ގްރާމްގެ އެ ބާވަތުގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. މީގެ އިތުރުންވެސް ކަސްޓަމްސް އިން ކޮކެއިންގެ 15.64 ކިލޯ ގްރާމް ވެސް އަތުލައިގެންފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތި:

1) 20 ކޭހަކުން ޖުމްލަ 14.10 ކިލޯ ގްރާމްގެ ކެތިނޯން

2) 5 ކޭހަކުން ޖުމްލަ 5.64 ކިލޯ ގްރާމްގެ މެތްއެމްފަޓަމިން

3) 1.15 ކިލޯ ގްރާމްގެ އެމްޑީއެމްއޭ

4) 0.35 ކިލޯ ގްރާމްގެ އެމްފެތަމައިން

"ސިންތެޓިކް ކެތިނޯން ގެ 14.10 ކިލޯ ގްރާމް އަތުލައިގެންފައިވޭ، އެންމެ ގިނަ ކޭސް ފެނިފައިވަނީ ސިންޓެޓިކް ކެތިިނޯން އިން ކަން ފާހަގްކޮށްލެވޭ، އެއީ ޖުމްލަ 20 ކޭސްއަކުން" 

އަފްޒަލް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރީކުރާ ގްރޫޕްތަކުން ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަށް ކަމުގައިވާ މެލޭޝިއާ އަދި ތައިލޭންޑް ފަދަ ގައުމުތަކުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވަމުން އަފްޒަލް ވަނީ، މީހުން ދޭ ގޮތް ނޭނގޭ ތަކެއްޗާއި ހަވާލުވުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކަސްޓަމްސް ގެ އިތުރުން، ފުލުހުންވެސް ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި  143 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި 130 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، 12.4 މިލިއަނަށް ރުފިޔާގެ ބަނގުރާ ހިމެނެއެވެ.

ފުލުހުން އަތުލައިގެން ތަކެތި:

1) 6،200 ބަނގުރާ ފުޅި/ ދަޅު

2) 95 ވޭޕް އަދި ކާޓްރިޖް

4) އެލްއެސްޑީ އަދި އެހެނިހެން ޕާޓީ ޑުރަގު 

5) 982 މަނާ ބޭސް 

6) 2،572،069 ދިވެހި ފައިސާ

7) 13،909 ޑޮލަރު 

8) 145 ޔޫރޯ  

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓުގައި އިސްކޮށް ހުންނަވާ ސުޕްރިންޓެންޑެންޓް ނާހިދު ހުސައިން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 116 ބިދޭސީން ޑީޕޯޓް ކޮށްފައިވާކަމަށާއި، ހާމަވެގެންދިޔަ އަދަދުތަކަށް ބަލާއިރުވެސް މަސްތުވާތަކެއްޗަކީ އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ މައްސަލަކަން ފާހަގަކުރެވޭކަމަށެވެ.

"މި ސްޓެޓްސްއަށް ބަލާއިރު ވެސް މަސްތުވާތަކެއްޗަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ މައްސަލަކަން ފާހަގަކުރެވޭނެ. އަދި އަޅުގަނޑުމެންނަށް އަތުލެވޭ މިންވަރު ވެސް އެކި ފަހަރު އެކި އަހަރު އެކި އަދަދުތަކުން މި ހުންނަނީ،"

ނާހިދު ވިދާޅުވިއެވެ.

ވައިގެ މަގުން ރާއްޖެއަށް 15 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށާއި، އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަން ވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.