ސައުތު ކާފްގެ ޒޯން ފައިނަލް މެޗުގެ ތެރެއިން
ކުޅިވަރު
30 Jul 2024 | 17:32
ޓެކާސް ރިސޯޓް ކަޕު: ދާލު ޒޯންގެ ކުޅުން ބުރާސްފަތި ދުވަހު ފަށަނީ

ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕު 2024 ގެ ހިމެނޭ ދ. ޒޯނުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ. 

މިއަހަރު މުބަރާތުގެ ދ. ޒޯނުގައި ތިން ރިސޯޓަކުން ބައިވެރި ވެފައިވާއިރު، މިޒޯނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ތިން ޓީމުގެ މެދެގައި، ލީގުޱއުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ހޮވޭގިތަށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއްކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ. އަދި މިޒޯނުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ސަންސިޔާމް އިރުވެލި ރިސޯޓުގައެވެ.

2023 ވަނަ އަހަރު މި ޒޯނުގެ ޗެމްޕިއަންކަން ހޯދި ސެއިންޓް ރެޖިސް ވޮއްމުލި ރިޒޯޓާއި ރަނަރަޕް ކަނޑިންމަ މޯލްޑިވްސް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ނުވާއިރު، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ އިރުވެލީގެ އިތުރުން ސަންސިޔާމް ވިލު ރީފް އާއި ބަގްލިއޯނީ މޯލްޑިވެސް އެވެ.

ހަތް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ދ. ޒޯނުގެ ޗެމްޕިއަން ޓީމު، މުބާރާޓުގެ ސެމީ ފައިނަލަށް ހޮވޭއިރު، ސެމީގައި އެޓީމު ވާދަކުރަން ޖެހޭނީ ސައުތު ކާފްގެ ޗެމްޕިއަން ހާޑްރޮކް މޯލްޑިވްސްއާ ދެކޮޅަށެވެ.

ދ. ޒޯނުގެ ޝެޑިއުލް:

- 1 އޮގަސްޓް: ސަންސިޔާމް އިރުވެލި / ސަންސިޔާމް ވިލު ރީފް

- 2 އޮގަސްޓް: ބަގްލިއޯނީ މޯލްޑިވްސް / ސަންސިޔާމް އިރުވެލި

- 3 އޮގަސްޓް: ބަގްލިއޯނީ މޯލްޑިވްސް / ސަންސިޔާމް ވިލު ރީފް

- 5 އޮގަސްޓް: ގުރޫޕް 2 ވަނަ / ގުރޫޕް 3 ވަނަ

- 7 އޮގަސްޓް: ފައިނަލް

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.