ބުޅާތައް ރަޖިސްޓްރީ ކުރަން ފެށުން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
31 Jul 2024 | 16:21
މާލޭގައި އުޅޭ ބުޅާތައް ރަޖިސްޓްރީ ކުރަން ފަށައިފި

މާލޭގައި އުޅޭ ބުޅާތަކަށް ފްލީ ޓްރީޓްމަންޓް ދީ، ރަޖިސްޓްރީ ކުރަން ފަށައިފިއެވެ.

ހަމައެކަނި ބުޅަލަށް ޖެހޭ ބައްޔެއް މިދުވަސްކޮޅު ބުޅާތަކުގެ މެދުގައި ފެތުރެމުންދާއިރު،  އެ ޕްރޮގްރާމް ހިންގާ، ފީލައިން ވެލްފެއާ އޮގަނައިޒޭޝަން އިން ބުނީ  ބަލިން ސަލާމަތް ކުރުމަށް ބުޅާތަކަށް ބޭސްދީ އަދި ބުޅާތައް ރަޖިސްޓްރީ ކުރަން ފަށާފައިވާކަމަށެވެ.

އިއްޔެ ފެށި މި ހަރަކާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވެސް ބައިވެރިވެވަޑައިގެން، ބުޅަލަކަށް ބޭސްދެއްވައި 'ގޯލްޑީ'ގެ ނަމުގައި ބުޅަލަކަށް ނަން ދެއްވައި ރަޖިސްޓްރީ ކުރައްވާފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން، ފީލައިން ވެލްފެއާގެ ފަރާތުން އަހުމަދު ވިޒަން ވިދާޅުވީ، ބުޅާތަކަށް ދޭ ބޭސް ހަދިޔާ ކޮށްފައިވަނީ ކެއާ ފޯ ޕޯޒް ނަމަކަށް ކިޔާ ޖަމިއްޔާއަކުންކަމަށާއި، މި ބޭސް ދިނުމަށް ފަހު ރަޖިސްޓަރ ކޮށްފައިވަނީ މޭރީ ބްރައުން ކުރިމަތީގައި އޮންނަ ޕާކިން ސަރަހައްދަށް އެއްވާ ބުޅާތައް ކަމަށެވެ.

އިއްޔެ އެކަނިވެސް 80 ބުޅާ ރަޖިސްޓަރ ކޮށްފައިވާއިރު، ވިޒަން ވިދާޅުވީ، ކޮންމެ ބުޅަލެއް ރަޖިސްޓަރ ކުރުމަށްޓަކައި ސީރިއަލް ނަމްބަރަކާ އެކު ކަރުގައި ޓެގެއް އަޅުވާފައިވާ ކަމަށާއި، އެ ބުޅަލަކާއި ބެހޭ ހުރިހާ މައުލޫމާތެއް ޖަމިއްޔާއިން ރައްކާކޮށްފައިވާ ކަމަށެވެ.

"ބުޅާތައް ރަޖިސްޓްރީ މި ކުރަނީ އެއަށް ޖެހިފައިވާ ބައްޔާއި ދިން ފަރުވާ ޑޮކިއުމަންޓް ކުރުމުގެ ގޮތުން. ސީރިއަލް ނަމްބަރު ޗެކް ކުރުމުން، އެ ހުރިހާ މައުލޫމާތެއް ވެސް އޭރަށް އެނގޭނެ،"

ވިޒަން ވިދާޅުވިއެވެ.

މިއީ ހަމައެކަނި ބުޅަލުގެ މެދުގައި ފެތުރުނު ނަމަވެސް ނުރައްކާތެރި ބައްޔެއްކަން ފާހަގަކުރައްވަމުން ވިޒަން ވަނީ އެ ސަރަހައްދަށް ދާ މީހުން މި ދުވަސްވަރު ބުޅަލަށް ކާން ނުދިނުމާއި، ބޭސް ނުދިނުމަށާއި، ބުޅަލެއްގައި އަތްލައިފި ނަމަ، ރަނގަޅަށް އަތްދޮވުމަށް އިލްތިމާސް ކޮށްފައެވެ.

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ 'ޕެޓް ކެއަރ ފެސިލިޓީ'އެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ހުޅުމާލެ ފަރުކޮޅުފުށީގައި ފަށާފައިވާއިރު،  ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ވަޒީރު ރަމީލާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ދީދި
ގައިމު އަދިވެސް މާލޭ މަގުތަކުން ބުޅާ ގުުއިވަސް ނުފިލާ.
31 Jul 2024
ކަމަނާ
ތިނޫން ކަމެއް ނެތީތަ ކުރަން. ބަޔަކު މޮޔަވެދާނެ.37 ސިޔާސީ މީހުން ތިބޭނެ ގޮނޑި ހޯދަބަލާ. ވަންނާނެ ތަނެއް 10 މަސް ވީއިރުވެސް ނުލިބުނު. ބުނާނީނީ ދެންކީކޭ
01 Aug 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.