މީދޫގައި ލައިޓްތައް ނިއްވާލައިފައި - އިންސާފު ހޯދައި ދިނުމަށް އެދެނީ : ފޮޓޯ/ ފައިނު އޮންލައިން
ހަބަރު
31 Jul 2024 | 23:12
އަނަސްގެ މަރަށް 7 އަހަރު: މީދޫ އަނދިކޮށްލާ އެއްއަޑަކުން އިންސާފަށް ގޮވާލައިފި

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލިތާ 7 އަހަރު ފުރުނު ދުވަހު، އިންސާފު ހޯދުމަށް އެދި މީދޫގެ ރައްޔިތުން އައު ގޮތަކަށް އަޑުއުފުލައިފިއެވެ. މިރޭ އަނަސް މަރާލި ވަގުތާ ދާދި އެއްވަގުތެއްގައި، 15 މިނެޓަށް މުޅި ރަށުގެ މަގުބައްތިތައް ނިއްވާލައި، މުޅި ރަށް އަނދިރިކޮށްލިއެވެ.

މި ޙަރަކާތުގެ ބޭނުމަކީ، އަނަސްގެ މަރުގެ ހިތާމަވެރި ޚަބަރާއެކު މީގެ 7 އަހަރު ކުރިން އެރޭ އެ ރަށަށް ކުރިމަތިވި ބަނަކަމާއި އަނދިރިކަން ފާހަގަކޮށް، މިއަދާ ހަމައަށްވެސް އިންސާފު ނުލިބި ރައްޔިތުން ތިބީ އެ އަނދިރިކަމުގައި ކަން ދައްކުވައިދިނުމެވެ.

މީގެ އިތުރުން، ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައިވެސް އިންސާފަށް އެދި އަޑުއުފުލާފައެވެ. މި ޙަރަކާތުން ދައްކުވައިދެނީ، 7 އަހަރު ވީއިރުވެސް ރައްޔިތުންގެ ހިތްތަކުން އެ ބިރުވެރި އަދި ހިތާމަވެރި ހިނދުކޮޅު ހަނދާނުން ފިލައިގެން ގޮސްފައި ނުވާކަމެވެ.

އަނަސްގެ މަރުގެ މައްސަލައިގައި އަދިވެސް އެކަށީގެންވާ އިންސާފެއް ލިބިފައި ނުވާތީ، މީދޫގެ ރައްޔިތުން ދަނީ ތަފާތު ގޮތްގޮތުން އަޑުއުފުލަމުންނެވެ. މި ޙަރަކާތަކީ އެފަދަ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން ކުރެވުނު މަސައްކަތެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލީ މާލޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގުރޫޕަކުން ތޫނު ހަތިޔާރުން ހަމަލާދީ ޖުލައި 31، 2017 ގައެވެ. އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ވެފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މިއަހަރުގެ ފެބުރުއަރީ މަހު 24 ގައި އޮތް އަޑުއެހުމުގައި މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހުކުމް އިއްވަވަމުން ވިދާޅުވީ، ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކި ބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށެވެ. އެހެން ކަމުން އަނަސްގެ މަރުގެ މައްސަލައިގައި ބައިވެރިވިކަމަށް ތުހުމަތުކުރެވުނު 7 މީހުންވެސް ވަނީ ސަލާމަތްވެފައެވެ.  

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.