ފެނަކަ އެމްޑީ މުއާޒް-- ފޮޓޯ: ފެނަކަ
ހަބަރު
01 Aug 2024 | 15:11
ފެނަކައިން މީގެ ކުރިން ބިލްނުކޮށް 29 ރަށަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދީފައިވޭ: މުއާޒް

މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ފެނަކަ އިން 29 ރަށަކަށް ބިލު ނުކޮށް ފެނުގެ ހިދުމަތް ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މުއާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވީ، އެބޭފުޅާ ކުންފުނީގެ ހިންގުމާއި ހަވާލުވެވަޑައިގެންއިރު ތަފާތު އެކި ސަބަބުތަކާހުރެ 29 ރަށަކަށް ބިލްނުކޮށް ފެން ފޯރުކޮށްދެމުންދިޔަ ކަމަށެވެ.

"އަޅުގަނޑުމެން އައިސް ބަލާލިއިރުގައި 29 ރަށަށް ފެން ފޯރުކޮށްދެނީ ބިލްނުކޮށް. ތަފާތު ސަބަބުތަކަކާހުރެ،"

މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ފެން ފޯރުކޮށްދިނުމަށް ފައިސާ ބޭނުންވާކަމަށާއި، މިފަދައިން ބިލު ނުކޮށް ފެން ފޯރުކޮށްދިނުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

 ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީ (ޔޫއާރްއޭ) އާއެކު ކުރި މަސައްކަތްތަކުން ލައިސަންސް ނުދޭ ރަށްރަށަށް ބިލް ނުކުރެވޭކަން ފާހަގަވެފައިވާ ކަމަށާއި، ލައިސަންސް ނުދެނީ ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި ލިޔުންތައް ފުރިހަމަވެފައި ނެތުމުން ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.

އޭގެ ތެރޭގައި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް އާރްއޯ ޕްލާންޓްގެ މަސައްކަތްކޮށް ކޮންޓްރެކްޓަރުގެ ފަރާތުން ލިބެންޖެހޭ ލިޔުންތައް ނުލިބި ޔޫއާރްއޭ އަށް ހުށަނޭޅޭތީ ބިލް ނުކުރެވޭ ކަމަށާއި، މި ހުރިހާ ހަރަދެއް ފެނަކައިން ބަލާއިރު، އެތަންތަނަށް ބިލް ނުކުރެވުނަސް ފެން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ބިލް ނުކޮށް ފެނުގެ ހިދުމަތް ދީފައިވާ ރަށްތަކުގައި ހައްދެއް ނެތް މިންވަރަށް ބައެއް ފަރާތްތަކުން ފެނުގެ ހިދުމަތް ބޭނުންކޮށްފައިވާ ކަންވެސް މުއާޒް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.