ރައީސް ޔާމީން ރޭގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ--
ހަބަރު
02 Aug 2024 | 12:52
ރާއްޖެ އޮތީކީ މީހަކު ވެރިކަން ބޭނުންވާ ހިސާބަކު ނޫން، ވެރިކަމަށް ގެންނަންވީ ފަރަންޖީއެއް: ރައީސް ޔާމީން

ރާއްޖެ މިހާރު މިއޮތީ މީހަކު ވެރިކަމަށް އަންނަން ބޭނުންވާ ހިސާބަކު ނޫންކަމަށާއި، ރާއްޖޭގެ ވެރިކަމަށް ގެންނަންވީ ފަރަންޖީއެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރޭގައި ބޭއްވި ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޔާމީން ވިދާޅުވީ، ކިޔަވައިގެން ތިބި ދިވެހިންގެ ބޭނުން ހިފަން އެއަށް ވުރެން މަތީގައި ތިބި ސިޔާސީ ވެރިންނަށް ނޭގެންޏާ އެއީ ކިޔަވައިގެން ތިބި މީހުންގެ މައްސަލަކަމެއް ނުވަތަ، ސިޔާސީ ވެރިންގެ މައްސަލަ ކަމެއް އޮޅުން ނުފިލާ ކަމަށެވެ.

އެ ހުރިހާ ސިޔާސީ ބޭފުޅުންވެސް 6 މަސް ދުވަހަށް 'އެލް ބޯޑު' ޖަހައިގެން އިތުރަށް ކިޔަވަން ދާން ޖެހޭކަމާއި މެދު ވެސް ރައީސް ޔާމީން ވަނީ ސުވާލުއުފައްދާފައެވެ.

"އެންމެ ގިނައިން އަންނަ ޝަކުވާތަކު ތެރޭގައި މި އަންނަނީ މިތަނުގަ މިތިބީ ހައްތާހާވެސް ވެރިކަން ބޭނުންވާ (މީހުންނޭ) ސުބްހާނަالله، މިހާރު ދިވެހި ރާއްޖެ އޮތީކީ މީހަކު ވެރިކަން ބޭނުންވެގެން އަންނަ ހިސާބަކު ނޫން. މިހާރު ދެންމެ ހުސައިން ވަހީދު ވިދާޅުވިގޮތަށް ވެރިކަމަށް އަޅުގަނޑުމެން ފަރަންޖީއެއް ގެންނަންވީ މިތަން ހިންގައިދޭން. އެއީ ނޫންތޯ.. ހުރިހާ ކަމެއް މިހާރު ފަރަންޖީން އެކުރަނީ. އެކަމަކު މީގެ ކުރީގައި މިކަހަލަ ހުރިހާ ތަނެއްގައި ތިބީ ދިވެހިންނޭ އިނގޭތޯ؟"

ރައީސް ޔާމީން ވިދާޅުވިއެވެ.

 ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރާއި ގުޅުން ހުރި އެތައް ވާހަކަތަކެއް ދައްކަައި، ސަރުކާރަށް ފާޑުކިޔާއިރު، ރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ ސަރުކާރާއި ގައުމާއި ގުޅުން ހުރި އެތައް މައުޟޫއަކަށް ވާހަކަފުޅު ދައްކަވަައި ފާޑު ވިދާޅުވެފައެވެ.

އެހެންނަމަވެސް، ޔާމީން ވިދާޅުވީ މި ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށާއި ބަޔަކު ކުރާ އެ ފަދަ މަސައްކަތެއްގައި ބައިވެރި ވެސް ވެވަޑައިނުގަންނަވާނެ ކަމަށެވެ. 

ކޮމެންޓް
އަހުދުނާމާ
ޔާމީނު ވެރިކަން ކުރިއިރުވެސް ތިޔަބުނާ ފަރަންޖީން މިތާ ހުރިހާ ކަމެއް ކުރަނީ
02 Aug 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.