ދީން
02 Aug 2024 | 13:32
ކިތަންމެ ކުޑަ ނަމަވެސް، ދަރަންޏެއް އަދާނުކުރެވި އޮއްވައި، މަރުވުމަކީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެއް: ޚުތުބާ

ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އެ ދަރަނި އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށްދާން ޖެހުމަކީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށެވެ“ މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނިގޮތުގައި، ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެކެވެ. ނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށާ ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫން ކަމަށްވެސް ބުންޏެވެ.

އަދި ދަރަނި އަދާކުރާން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. ބޮޑެތި ދަރަނިތައް ނަގާން ވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޙިކުމަތްތެރި ރޭވުމެއް އޮވެގެންނެވެ. ދަރަނި ނުދެއްކި، ޝަރީޢަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެ ކަން ވެގެންނެއްނުވާނެއެވެ. އެ ފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާއެއްވަރަށް ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދުކުރުމެވެ. ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް الله މިންވަރުކޮށްދެއްވާނެއެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށާ ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނުގެއްލުންވާނެ ކަމެއް ކަމަށެވެ. އަދި ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެއްނކަމުން، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

ރަސޫލު الله ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (مَطْلُ الْغَنِيِّ ظُلْمٌ)މާނައީ: "ދަރަނި ދެއްކޭ ޙާލު، އެ ދަރަނި ނުދައްކައި ދިގުދެންމުމަކީ އަނިޔާއެކެވެ!"

ޚުތުބާގައި ބުނިގޮތުގައި ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށްދާން ޖެހުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެކެވެ.

ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (يُغْفَرُ لِلشَّهِيْدِ كُلُّ ذَنْبٍ إلَّاالدَّيْنَ) މާނައީ: "މާތް اللهُ، ޝަހީދުންނަށް، ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހައިފާފައެއް ފުއްސަވާހުއްޓެވެ." 

ޚުތުބާ

އެހެންކަމުން މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެ ކަމަށާ، ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާންޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ކީރިތި ރަސޫލާ ޞޢވގެ އަޞްޙާބު ބޭކަލަކު އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެއަޚާއަށް ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރެއްވިއެވެ. (إِنَّ أَخَاكَ مـُحْتَبَسٌ بِدَيْنِهِ فَاقْضِ عَنْهُ، فَقَالَ: يَا رَسُوْلَ اللهِ قَدْ أَدَّيْتُ عَنْهُ إلَّا دِيْنَارَيْنِ، اِدَّعَتْهُمَا اِمْرَأَةٌ وَلَيْسَ لَـهَا بَيِّنَةٌ، قَالَ: فَأَعْطِهَا فَإِنَّـهَا مُـحِقَّةٌ)

 މާނައީ: "ތިބާގެ އަޚާ ވަނީ އޭނާގެ ދަރަނީގެ ސަބަބުން ބަނދެވިފައެވެ. ފަހެ ތިބާ އޭނާގެ ދަރަނި އަދާކުރާށެވެ!"

ދެން އެ ބޭކަލަކު ދެންނެވިއެވެ: "އޭ اللهُ ގެ ރަސޫލާއެވެ! އެންމެ ދެ ދީނާރު ފިޔަވައި ދެން ހުރި ދަރަނި އަހުރެން އަދާކޮށްދީފީމެވެ. އެއީ އަންހެނަކު ދަޢުވާކުރާ ދެ ދީނާރެވެ. އެކަމަކު އެ ކަނބުލޭގެ އަތުގައި އެކަމުގެ ހެއްކެއް ނެތެވެ."

 އެހިނދު ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރެއްވިއެވެ. "ތިބާ އެކަނބުލޭގެއަށް އެ (ދެ ދީނާރު) ދޭށެވެ! އެ ކަނބުލޭގެއަކީ އޭގެ ހައްޤުވެރިޔާއެވެ." 

ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ.) މާނައީ: "މުއުމިނާގެ ފުރާނަވަނީ، އޭނާގެ ދަރަނީގެ ސަބަބުން އެލުވިގެންނެވެ. (އެބަހީ: އެ ފުރާނަ އާމެދު ވަކި ގޮތަކަށް ނުނިންމަވައި ފަސްކުރެއްވިގެންނެވެ.) އެއީ، އޭނާގެ ދަރަނި އަދާކޮށްދެވިއްޖައުމަށް ދާންދެނެވެ."

މީގެ އިތުރުންވެސް ޚުތުބާގައި ވަނީ ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރި ކަމެއްކަން ފާހަގަކޮށްފައެވެ. 

އަދި ދަރަނިވެރިވެ، އެ ދަރަނީން މިންޖުނުވެގެން އުޅެން ޖެހިދާނެތީ، އެ ކަމުން ރައްކައުތެރިވުމަށް އެދި ދުޢާކުރާން ޚުތުބާގައި ވަނީ ނަޞޭހަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ