ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަނީ.... ފޮޓޯ/ ވޮއިސް
ހަބަރު
03 Aug 2024 | 11:46
ބިލްތައް ބޮޑުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ސްޓެލްކޯއިން ފަށަނީ

މާލެ ސަރަހައްދުގެ ގެތަކުގެ ކަރަންޓް ބިލްތައް ބޮޑުވި މައްސަލަ ދެނަގަތުމަށް ބިލްތައް ބޮޑުވިކަމަށް ފާހަގަކުރެވުނު ގެތަކަށް ސްޓެލްކޯގެ ޓީމުތަކުން ދިއުމަށް ނިންމައިފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ބައެއް ގޭތަކުގެ ބިލްތައް ބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާކަމަށާއި އެކަން އެ ވީގޮތް ދެނެގަތުމުގެ މަސައްކަތް ސްޓެލްކޯއިން ފެށުމަށް ނިންމާފައިވާކަމަށެވެ. ފަހުމީ ވިދާޅުވީ އެންމެފަހުގެ ކަރަންޓްބިލް، އޭގެކުރީ މަހާ އަޅާބަލާއިރު ކުޑަކަމަށާއި، އެގޮތުން މާލޭގެ ގެތަކުގެ ކަރަންޓްބިލްތައްކުގެ 94 އިންސައްތަ މިމަހު ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ.

މާލެއަށްވުރެ ހުޅުމާލޭގެ އެޕާޓްމަންޓްތަކުގެ ކަރަންޓްބިލްތައް ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި މިގޮތުން މާލޭގެ 6 އިންސައްތަ ބިލްތައް އިންތިހާއަށް ބޮޑުއިރު، ހުޅުމާލެސިޓީ 15 އިންސައްތަ ބިލްތައް ބޮޑުކަން ފާހަގަކުރެވޭކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ އިންތިހާއަށް ބޮޑުވި ކަރަންޓްބިލްތަކުގެ އެ ތަފްސީލް ސްޓެލްކޯގެ އިތުރުން ރައްޔިތުންނަށްވެސް އެނގެންޖެހޭ ކަމަށެވެ.

އެ އެޕާޓްމަންޓްތަކަށް ވިޒިޓްކޮށްފަ އެނަޖީ އޮޑިޓެއް ކުރުމަށް އަޅުގަނޑުމެން މި ނިންމީ. ތަންތަނުގެ ހާލަތު ބަލައިގަނެ އެތަންތަނުގައި ބޭނުންކުރަނީ ކޮންކަހަލަ އާލަތްތަކެއްތޯ އެއާކޮންޑިޝަންތަކެއްތޯ އަދި ބޭނުންކުރާ ޖުމްލަ އެޕާޓްމަންޓްތަކުގެ އިންޝިއުލޭޝަންހުރީ ކިހިނެތްތޯ ބަލައި ކަސްޓަމަރުންނަށް ބޭނުންވަނީ އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް. އޭރުން އެބޭފުޅުންނަށްވެސް މަގުފަހިވާނެ ކަރަންޓް އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ބަލައި ފިޔަވަޅުތައް އަޅަން

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ބިލްކުރުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށާއި، އެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ. މިގޮތުން އެކަންކަމާ ގުޅިގެން ސާފްކުރަން ބޭނުންވާ ކަމެއް އޮތްނަމަ އެކަމުގެ ފުރިހަމަ އެއްބާރުލުން ސްޓެލްކޯއިން ދޭނޭަކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ބިލްތަކާ ގުޅޭގޮތުން ކަސްޓަމަރުންގެ އެ ހުންނަ ކަންބޮޑުވުންތައް ކުޑަކުރުމަށް ކުރިއަށްއޮތްތަނުގައި ބައެއް ކަންކަން ކުރެއްވުމަށް ނިންމަވާފައިވާކަންވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ. މިގޮތުން ބިލްތައްޔާރުކުރުމަށްފަހު ވަގުތުން ކަސްޓަމަރުންނަށް ބިލް ދިނުމުގެ އުސޫލެއް ގާއިމްކުރައްވާނޭކަމަށާއި، އޭރުން ކަސްޓަމަރުންނަށް ބައެއް ކަންކަމުގައި ޔަގީންކަމެއް ލިބިގެންދާނޭކަން އެމްޑީ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް
އަލިބެ ހުޅުމާލެ
އަޅުގަޑުގެ ގެ ތަޅުލާފަ 15 ދުވަސް ރަށުން ބޭރުގައި އުޅުނީމަވެސް އޭގެ ކުރީމަހު 4000 ރުފިޔާ އެރިބިލް 5900 އަށް ވާންޖެހުނު ގޮތެއް ވިސްނާ ވިސްނާ ނޭގުނެވެ.
03 Aug 2024
ޙަސަނު
މީގެކުރިން ވެސް ހުރިކަރަންޓު ވައިރިންއާ އެއަރކޯނުތައް ހަމައެހުރިތަންތަނުގަ މިހާރުވެސް ދެންމިސަރުކާރުއިފަހުން މިކަމެއް ދިމާވާން މިފެށީކީއްވެހޭ.
03 Aug 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް