ސަރުކާރުން ހިމާޔަތްކުރި ދެ ތިލަ--
ހަބަރު
04 Aug 2024 | 11:48
މާލެ އަތޮޅުގައި ހިމެނޭ ބޮޑު ދެ ތިލަ ސަރުކާރުން ހިމާޔަތްކޮށްފި

މާލެ އަތޮޅުގައި ހިމެނޭ ބޮޑު ދެ ތިލަކަމަށްވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފި އެވެ.

 ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ މި ތިލަ އަކީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނަކަށްވާއިރު، މިތަން ހިމާޔަތްކޮށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ގެޒެޓް ކުރި ލިޔުމުގައި ބުނީ، މި ދެ ތިލަ ހިމާޔަތްކުރީ ގުޅިފަޅު ހިއްކުމަށްޓަކައި ހިންގާ ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދާ ބަޔޯޑައިވާސިޓީ އޮފްސެޓް ޕްލޭން ނުވަތަ އެ ޕްރޮޖެކްޓުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިންގާ ޕްލޭންގެ ދަށުންކަމަށެވެ.

ބޮޑުހިތި ތިލަ:

މާލެ އަތޮޅުގެ ހުޅަނގު ފަރާތުގައި އޮންނަ 127.47 ހެކްޓަރުގެ ސަރަހައްދެއްގައި އޮންނަ ބޮޑިހިތި ތިލައަކީ ކ. ރަސްފަރި އާއި ކ. އުލާނީ ފަޅާއި ދޭތެރޭގައިވާ ކަނޑުއޮޅި މެދުގައިވާ ތިލައެކެވެ.

ގިނަ އަދަދެއްގެ މުރަކައާއި ފަރުމަސް އުޅޭ މި ތިލައިން ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ އަދި ދުނިޔެއިން ނެތިގެން ދިއުމުގެ ބިރުހީވެފައިވާ މާހުޅުނބުލަނޑާ، އެންމަޑި، ކަހަނބު، ވައްބޯ މިޔަރު، ކައްޓަފުޅި މިޔަރު އަދި ފީ މިޔަރު ވެސް ފެންނަ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ބޮޑުހިތި ތިލަ-- ފޮޓޯ: މިނިސްޓްރީ

އެ ވުޒާރާއިން ބުނީ، މި ސަރަހައްދަކީ އިރުވައި މޫސުމުގައި ގިނަ އަދަދެއްގެ އެންމަޑި ސާފުވުމަށް އެއްވެ އުޅޭ ސަރަހައްދެއް ކަމަށް ރެކޯޑް ކުރެވިފައިވާ ސަރަހައްދެއްކަމަށާއި، މި ސަރަހައްދަށް ދިވެހިންނާއި ޓޫރިސްޓުން ވަރަށް ގިނައިން ފީނަންވެސް ދާ ކަމަށެވެ.

އޮއްކޮބޭ ތިލަ:

 މާލެ އަތޮޅުގެ އިރުމަތީ ފަރާތުގައި އޮންނަ 379.31 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި އޮންނަ،  ފީނާ މީހުންގެ މެދުގައި މަގުބޫލު، މި ތިލައިގައި ގިނަ އަދަދެއްގެ ކުދި ހޮހަޅަ އާއި "އޯވާހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ ޕަސެންޓު ބޮޑުއިރު، އެކި ބާވަތްތަކުގެ ފަރުމަހާއި މުރަކަ އާއީ ގަލާ އަދި އެކި ކުލަކުލައިގެ "ސޮފްޓް ކޮރަލް" އެ ސަރަހައްދުން ވަނީ ފެނިފައެވެ.

އޮއްކޮބޭ ތިލަ-- ފޮޓޯ: މިނިސްޓްރީ

މި ތިލަ ހިމާޔަތްކޮށް، ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، މި ސަރަހައްދުގައި ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުން 73 ބާވަތުގެ މަސް ދިރިއުޅޭ ކަމަށް ދައްކާ ކަމަށާއި، މި ތިލައިން ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމަށްވާ ވައްބޯ މިޔަރު، އޮޅުފަތި މިޔަރު، މާހުޅުނބު ލަނޑާ އަދި ކަހަނބު ވެސް އެ ސަރަހައްދުން ފެންނަ ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

މި ދެ ތިލައިގައި ކުރުން މަނާ ކަންތައްތައް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެއީ:

1) ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި މައިންކުރުން.

2) އެއްވެސް ބާވަތެއްގެ ކުނި އެޅުން.

3) ބިން ހިއްކުމާއި ފަޅު ފުންކުރުން.

4) ގަލާއި ވެއްޔާއި މުރަކަ އަދި އަކިރި ނެގުން.

5) ނަގިލި ލުން.

6) އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމްކުރުން.

7) އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން.

8) އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތްކުރުން.

9) ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް ނުވަތަ ދިރުމެއް ނެގުމާއި މެރުމާއި ގޯނާކުރުމާއި ހިފުން.

10) އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ ހާއްޔަށް ގެއްލުން ދިނުން.

11) އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުން.

12) މަސްމަހާމެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް އެއްވެސް ދިރޭ އެއްޗަކަށް ކާން ދިނުން ނުވަތަ ކާން އެޅުން.

13) އެ ސަރަހައްދު އަލިވާގޮތަށް ރޭގަނޑު ދިއްލުން.

14) އެތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން.

15) ރާއްޖޭގެ އެމުގެ ގޮތުގައި ބޭނުންކުރާ މަސް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ކުދި މަސް ހިފުން. (އޭގެ ތެރޭގައި އެކުއޭރިއަމްތަކާއި ޓޭންކްތަކުގައި ގެންގުޅޭ މަހާއ، ފަރުމަހުގެ ހުރިހާ ބާވަތެއްގެ "ޖުވެނައިލް" މަސް ހިމެނެ އެވެ.)

16) ދިއްލައިގެން ރޭގަނޑު މަސް ތިލަކުރުން. (މީގެތެރޭގައި މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސްވެރިކަމާއި އަތުނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް އުޅަނދަކުން ދިއްލައިގެން އެންވެރިކަން ކުރުން އިސްތިސްނާ ވާނެ އެވެ.)

އެހެންނަމަވެސް، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، މި ސަރަހައްދުތަކަށް ޒިޔާރަތްކުރުމާއި ދިރާސާ ކުރުމާއި ރީސްޓޮރޭޝަން ނުވަތަ ރީހެބިލިޓޭޝަންގެ ބޭނުމަށް މަސައްކަތްކުރުމުގެ ހުއްދަ ދޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.