ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށްކުރާ މުޒާހަރާ-- ފޮޓޯ: އޭޕީ
ދުނިޔެ
04 Aug 2024 | 17:02
ހަސީނާގެ އިސްތިއުފާއަށް ގޮވާލައި، ބަންގްލަދޭޝްގައި ކުރާ މުޒާހަރާތަކުގައި 20 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ހަސީނާގެ އިސްތިއުފާއަށް ގޮވާލައި، އެގައުމުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް 20 އަށް ވުރެ މީހުން މަރުވެއްޖެއެވެ.

މި މުޒާހަރާގެ ތެރެއިން ބަންގްލަދޭޝްގެ ފުލުހުން ކަރުނަ ގޭހާއި ގްރެނޭޑްސް ފަދަ ބާރުގެ ތަކެތި ބޭނުން ކުރަމުން އަންނައިރު، އެ ގައުމުގެ ސަރުކާރުން ވަނީ ކާފިއު އިއުލާނު ކުރާނެކަން ވެސް ހާމަކޮށްފައެވެ.

މި ސަރުކާރު ވެރިކަމުން ފައިބަންދެން މުޒާހަރާކުރިއަށްދާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި މުޒާހަރާ ކުރާ މީހުންނާއި ދެމެދުވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މި މުޒާހަރާތަކުގައި ބައިވެރިން އަންނަނީ ސަރުކާރަށް އެއްބާރުލުން ނުދިނުމަށާއި، ޓެކްސް ނުދެއްކުމަށާއި، އޮފީސްތަކުގެ މުއައްޒަފުން ވަޒީފާއަށް ނުނިކުތުމަށް ވެސް ގޮވާލަމުންނެވެ.

މީގެ އިތުރުންވެސް، މުޒާހަރާގެ ބައިވެރިން އެގައުމުގެ ޝަހުބާގް ސަރަހައްދުގައި ހުންނަ ބޮޑު ޕަބްލިކް ހޮސްޕިޓަލެއް ކަމަށްވާ ބަންގަބަންދޫ ޝެއިޚް މުޖީބް މެޑިކަލް ޔުނިވާސިޓީއަށް ވެސް ހަމަލާދީ އެތައް އުޅަނދެއް އަންދާލާފައިވާއިރު، އެމީހުން ވަނީ ބައެއް ގެތަކަށް އަމާޒުކޮށް ހަމަލާދީފައެވެ.

ބަންގްލަދޭޝްގައި މި މުޒާހަރާތައް ފެށިގެން އައީ، ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެގައުމުގެ ހައި ކޯޓުގެ މި ނިންމުމާއިއެކު، ވަކި ބަޔަކަށް ހާއްސަކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއިރު، ފަހުން ކޯޓުން ވަނީ ނިންމުން ބާތިލްވެސް ކޮށްފައެވެ. އެހެންނަމަވެސް، އޭގެ ފަހުންވެސް މުޒާހަރާތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާތައް ފުޅާވެ، މި މުޒާހަރާތަކުގައި މިހާތަނަށް 11,000 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.