އިނގިރޭސިވިލާތުގައި ކުރިއަށްދާ ހަމަނުޖެހުން-- ފޮޓޯ: އޭޕީ
ދުނިޔެ
05 Aug 2024 | 13:19
އިނގިރޭސިވިލާތުގައި ކުރަމުންދާ މުޒާހަރާ ހޫނުވެ، ހިޖުރަކޮށްފައިވާ މީހުންތިބި ތަންތަނަށް ގެއްލުންދެނީ

އިނގިރޭސިވިލާތުގެ ހުޅަނގުއުތުރު ހާޓްލީޕޫލްގެ ރަށެއް ކަމުގައިވާ ސައުތުޕޯޓްގައި ދިން ވަޅީގެ ހަމަލާތަކެއްގައި ތިން ކުޑަކުދިން މަރުވުމުން ފެށި މުޒާހަރާތައް ހޫނުވެ، އެގައުމަށް ހިޖުރަކޮށްފައިވާ މީހުން ތިބޭ ތަންތަނަށް ގެއްލުންދޭން ފަށައިފިއެވެ.

މިއީ ފާއިތުވި 13 އަހަރުގެ ތެރޭގައިވެސް އެގައުމުގައި ހިނގަމުންދާ އެންމެ ބޮޑު ހަމަނުޖެހުމަށްވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އެގައުމަށް ހިޖުރަކޮށްފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ މީހުން ތިބޭ ހޮޓެލް ތަކުގެ ބޭރުގައި އަލިފާން ރޯކޮށް، ހޮޓެލްތަކުގެ އެތެރެއަށް ވެސް ވަދެފައެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ޓެމްވޯތުގައި ކުރި މުޒާހަރާގެ ތެރެއިން، މުޒާހަރާގެ ބައިވެރިން އެތަނުގައި ހުންނަ ހިޖުރަކޮށްފައިވާ މީހުން ދިރިއުޅޭ ހޮޓަލެއްގެ ކުޑަދޮރު ތަޅާލައި، އަލިފާން ރޯކޮށްލާފައިވާއިރު، އެތަނުގައި ހަރަކާތްތެރިވި ފުލުހަކު ވަނީ ޒަހަމްވެފައެވެ. އަދި އެގައުމުގެ ރޮތަހަމްގައި ހުންނަ ހިޖުރަވެރިނގެ ހޮޓެލަކާއި ހަމާޒުކޮށް ލަކުޑި ބުރި އާއި އަލިފާން ނިއްވާ ފުޅި ފަދަ ތަކެތި އުކާފައިވާއިރު ހޮޓެލްގެ ބޭރުގައި ވަނީ އަލިފާން ރޯކޮށްފައެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅޭ މުސްލިމުންނާއި ހިޖުރަކޮށްފައިވާ ފަރާތްތަކަށް މި މުޒާހަރާގެ ތެރެއިން އަމާޒުކޮށްފައިވާއިރު، ހަމަލާ ދީފައިވަނީ އެގައުމަށް ހިޖުރަކުރި މުސްލިމެއްކަމަށް ބުނެ ވަނީ ދޮގު ހަބަރުތަކެއް ވެސް ފަތުރާފައެވެ. އެއާއިއެކު، މި މުޒާހަރާގެ ފުރަތަމަކޮޅު މުޒާހަރާގެ ބައިވެރިން ވަނީ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާ ދީފައެވެ.

މި މުޒާހަރާގެ ތެރެއިން މިހާތަނަށް 147 މީހަކު ހައްޔަރުކޮށްފައިވާއިރު، އެގައުމުގެ ބޮޑު ވަޒީރު ކީރ ސްޓާމަރ ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިކަމުގައި ބައިވެރިވި މީހުންނަށް ގާނޫނީ ގޮތުން ދޭން ޖެހޭ އަދަބުތައް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.