ސްޓެލްކޯ އާއި އެމްއެންޔޫއާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާ-- ފޮޓޯ: އެމްއެންޔޫ
ހަބަރު
05 Aug 2024 | 14:59
ކަރަންޓު އިގްތިޞާދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސޮއިކޮށްފި

ކަރަންޓު އިޤުތިޞާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ޢިލްމީ ދިރާސާއެއް ހެދުމަށް ފަހުމުނާމާއެއްގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޤައުމީ ޔުނިވާސިޓީއާއެކު ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ކަރަންޓު ބިލްތަކާއި، ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒްއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީ ވިދާޅުވީ، މިއީ ދިރާސާތަކަށް ބިނާކޮށް ނިންމުންތައް ނިންމާ ތާރީހީ ދުވަހެއް ކަމަށާއި، މިކަމާއި ގުޅޭ ދިރާސާ އިންސާފުވެރިކަމާއިއެކު ކުރެއްވުމަށްފަހު އާއްމުކޮށްދިނުމަށް އެދޭ ކަމަށެވެ.

"ބައެއް ގޭގޭ ތަކުގައި ކަރަންޓު ބިލު ބޮޑުވަނީ. މި މައްސަލައިގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް މިނިވަންކަމާއި އެކު، އިންސާފުވެރިކަމާއިއެކު، ދިރާސާއެއް ކުރައްވާފައި ޕަބްލިޝްކޮށްލަދެއްވުން."

ފަހުމީ ވިދާޅުވިއެވެ.

މި ދިރާސާ ހެދުމަށްޓަކައި އެއްވެސް ހިފެހެއްޓުމެއް ނެތި، ސްޓެލްކޯގެ ސިސްޓަމްގައިވާ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަން ފާހަގަކުރައްވަމުން ފަހުމީ ވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ރައްޔިތުންނަށް މިކަމުގެ ހަގީގަތް ހާމަކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ފަހުމީގެ އިތުރުން، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް ވިދާޅުވީ، ކަރަންޓު އިޤްތިޞާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ޢިލްމީ ދިރާސާގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންގެ މެދުގައި ކަރަންޓުގެ މައްސަލައާއ ގުޅިގެން އުފެދިފައިވާ ހިތްހަމަ ނުޖެހުމަށް ހައްލެއް ގެނެސްދިނުން ކަމަށެވެ.

" މި ދިރާސާގައި މީޓަރުތަކުން ދައްކާ އަދަދާއި ބިލު ކުރެވިފައިވާ އަދަދުގައި އެއްވެސް ކަހަލަ ފަރަގެއް ހުރިތޯ އާއި އަދި ބިލުތަކުގެ އަދަދު ސަރީހަކޮށް ހިސާބުކުރެވިފައިވާކަން ކަށަވަރު ކުރުމާއި އޭގައިވެސް ތަފާތުތަކެއް ހުރިތޯ ނެތްތޯ ބެލުމަކީވެސް އަޅުގަނޑުމެންގެ ދިރާސާގެ އެންމެ ބޮޑު އެއް މަގްސަދު."

ޑރ. ޢާއިޝަތު ޝެހެނާޒް ވިދާޅުވިއެވެ.

މި ފަހުމުނާމާގެ ތެރެއިން މި ދާއިރާއިން އިތުރަށް ކިޔެވުމަށް ފަހިކޮށްދޭއިރު، ސްޓެލްކޯއިން ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދޫކުރި ކަރަންޓު ބިލުތަކުގެ ފުރިހަމަ ދިރާސާއެއްވެސް ހެދިގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.