ވަޒީރު މުޙައްމަދު ސައީދު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
06 Aug 2024 | 15:23
ބަންކަރިންގެ ހިދުމަތް މިމަހުގެ 22 ވަނަ ދުވަހު ފެށިގެންދާނެ: ވަޒީރު ސައީދު

ސަރުކާރުން އުތުރުގައި ފަށާ ބަންކަރިންގެ ހިދުމަތް މި މަހުގެ 22 ވަނަ ދުވަހު ފެށިގެންދާނެ ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާ އާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި ބޭއްވި "މޯލްޑިވްސް – ސިޗުއާން ޓްރޭޑު އެންޑު އިންވެސްޓުމަންޓު ކޯރޕަރޭޝަން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެ ކަނޑެއްގެ މެދުގައި އޮންނައިރު، ރާއްޖެއަށް މެރިޓައިމް ސިނާއަތުގެ ފައިދާ ނެގުމާއި ރީ-އެކްސްޕޯޓު ފުޅާކުރުމަކީ ކުރަން ޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ، އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިމަހުގެ 22 ވަނަ ދުވަހު އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ރާއްޖެ ކަނޑެއްގެ މެދުގައި އޮންނައިރު، ރާއްޖެއަށް މެރިޓައިމް ސިނާއަތުގެ ފައިދާ ނެގުމާއި ރީ-އެކްސްޕޯޓު ފުޅާކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އެގޮތަށް މަސައްކަތްކުރަމުން މިދަނީ، ބަންކަރިންގ ހިދުމަތްވެސް މިމަހުގެ 22 ވަނަ ދުވަހު ފެށިގެންދާނެ،"

ވަޒީރު ސައީދު ވިދާޅުވިއެވެ.

އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެކަމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގްބޯޓު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާއިރު، މީގެ ކުރިން ސަރުކާރުން ހިންގާ މައި ޕާޓީ، ޕީއެންސީ އިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވަނީ މިކަމަށްޓަކައި އެންމެ 6 މަސްދުވަހުގެ ތެރޭގައި، އެސްޓީއޯއިން ބޮޑު 2 ޓޭންކަރު ގަނެފައިވާ ކަމަށާއި، އެމްއެންޑީއެފާއި އެކު އެސްޓީއޯއިން ޗާޓު އަޕްޑޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ކަސްޓަމާއި އިމިގްރޭޝަނުންވެސް މި ހިދުމަތާއި ގުޅިގެން ކުރަން ޖެހޭ ކަންކަމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި އަހަރު ބަންކަރިންގެ ހިދުމަތް ފެށުމުން، އަންނަ އަހަރުގެ ޖުލައި މަސް ފެށެންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ ގޮތުގައި މިހާރު އޮތް 6.5 ބިލިއަން ޑޮލަރުގެ ތެރެއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެގޮތުން އެސްޓީއޯއާއި އަދި ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި މިދިޔަ މާޗުމަހު ވަނީ ސޮއިކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.