މާލެ ސިޓީ ކައުންސިލްގެ އައު ތިން މެމްބަރުން މޭޔަރު އާޒިމް އާއި އެކު-- ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ
ހަބަރު
07 Aug 2024 | 13:00
މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެމްބަރުން ހުވާކުރައްވައިފި

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެމްބަރުން ހުވާކުރައްވައިފިއެވެ.

އަލަށް އިންތިހާބުވި ތިން ކައުންސިލަރުން ހުވާކުރުމަށްޓަކައި މިއަދު މާގިރީގައި ބޭއްވި ރަސްމިއްޔާތުގައި ތިން މެމްބަރުންނަށް ހުވާ ލައްވައިދެއްވާފައިވަނީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުއެވެ.

މިދިޔަ މަހުގެ 20 ގައި ބޭއްވި ބައި އިލެކްޝަނުގައި މާލެ ސިޓީ ކައުންސިލުގެ ތިން ގޮނޑިވެސް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބު ކުރިއިރު، އަލަށް ހުވާ ކުރެއްވި ތިން މެމްބަރުންނަކީ:

1) އަލީ އައިމަން – ހުޅުމާލެ ދާއިރާ

2) ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު ދާއިރާ

3) ފާތިމަތު އިޝާން އަލީ – މައްޗަންގޮޅި މެދު ދާއިރާ

މި ތިން ދާއިރާގެ ގޮނޑި ހުސްވީ މީގެ ކުރިން އެ ދާއިރާގެ ގޮނޑިތަކުގައި ތިއްބެވި މެމްބަރުން މަޖިލީހަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އޭނާ މޭޔަރު ކަމަށް އިންތިޚާބުވި ދުވަހުން ފެށިގެން މަސައްކަތް ކުރައްވައިފައިވަނީ ވަކި ފިކުރަކަށް ބެލުމެއް ނެތި، މާލޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ކަމަށާއި، ރައްޔިތުންގެ ވޯޓުން ހޮވޭ މެންބަރުންނަށް އޮތް ހިތްހަމަޖެހުމަކީ، އެ މީހެއްގެ ގާބިލުކަމާއި އިޚުލާސްތެރިކަން ބަލައިގަންނަ ގިނަ ބަޔަކު ތިބިކަން އިހުސާސުވުން ކަމަށެވެ.

"މީގެ ސަބަބުން މި ގާބިލްކަމާއި އިޚުލާސްތެރިކަން ދެމެހެއްޓުމަށް ގަދައަޅައި އަޒުމާއި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ. ވެރިއަކަށް ލިބިވަޑައިގެންފައިވާ އިޚުތިޔާރުގެ ދަށުން މަގާމަކަށް އައްޔަން ކުރާ ބޭފުޅަކަށް މި އިހުސާސް ކުރެވޭ ގޮތް ތަންކޮޅެއް ކުޑަވާނެ،"

އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އާޒިމް ވަނީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށާއި މާލޭ ސިޓީ ކައުންސިލްގެ ސިޔާސަތުތައް ކަނޑައެޅުމުގައި އާ ކައުންސިލަރުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.