އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
07 Aug 2024 | 19:48
އަބުރު ކަތިލަން އާއްމުކުރި ފޭކު ވީޑިއޯ އާއެކު، ޑރ. ޝަހީމްގެ ދިފާޢުގައި ގިނަ ބަޔަކު ނުކުމެއްޖެ!

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް ފޭކު ވީޑިޔޯ އުފައްދައި އާއްމު ކުރުމުން ގިނަ ބަޔަކު ވަޒީރުގެ ދިފާޢުގައި ނުކުމެއްޖެއެވެ. 

ކާކުކަން ނޭނގޭގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުން ވަޒީރު ޝަހީމްގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ފުލު ފުލުގައި އަންނަނީ މިފަހުން އެކި ޕޯސްޓްތައް ކުރަމުންނެވެ. އެގޮތުން ވަޒީރު ޝަހީމްގެ ޕީއެޗްޑީގެ ސައްޙަ ކަމާއި މެދު ސުވާލު އުފައްދައި، އަބުރު ކަތިލުމަށް ބަދުއަޚްލާގީ މަންޒަރު ހިމެނޭ، ފޭކު ވީޑިއޯއެއްވެސް ރޭ ވަނީ އާއްމު ކޮށްފައެވެ. 

އެ ވީޑިއޯއާއި ތުހުމަތު ތަކާއި ގުޅިގެން ގިނަބަޔަކު އަންނަނީ ޝަހީމް އަށް ހިތްވަރު ދެއްވައި، ޝަހީމްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިސްލާމީކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ފުރައްސާރަކޮށް ހަގީގަތާ ޚިލާފު އިލްޒާމުތައް އަޅުވައިގެން ފަހަތަށް ޖެއްސޭނެ ބޭފުޅެއްނޫންކަމަށް ވިދާޅުވެފައެވެ.

“އެ އަށްވުރެ ޑރ.ޝަހީމުގެ ޢަޒުމު ވަރުގަދަވާނެ. އެއީ މިހާތަނަށް ދިވެހިރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރ” އަބްދުއްރަޙީމް ވިދާޅުވިއެވެ. 

ޝަހީމްގެ ދިފާޢުގައި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއްވެސް އަސްލެއް އަސާސެއް ނެތި މީހެއްގެ ބޮލުގައި ކަނޑައެޅިގެން ހަގީގަތާ ޚިލާފަށް ބޮޑެތި އިލްޒާމު އަޅުވައި އެ ވާހަކަތައް ފަތުރާއިރު އެއްވެސް އެއްޗެއް ހިތަށް ނާރާތޯ އެކަން ކުރާ މީހުންނާ ސުވާލުކުރައްވާފައެވެ.

ދެރަކަމަކީ ކުރިން ވަޒީރުކަން ކޮށްފައިވާ ފަރާތްތައް ހިމެނޭހެން އެންމެން މިކަން އާދައިގެ ކަމަކަށް ހެދުން! ރައީސްގެ ޤިޔާދަތުގައި ޑރ. ޝަހީމް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަކީ މި މުޖުތަމަޢަށް އިންތިހާއަށް ބޭނުން ޖެހިފައިވާ ނަމޫނާ މަސައްކަތްޕުޅުތަކެއް. އެކަމުގައި އިތުރު ސާބިތުކަމާއި ރައްކާތެރިކަން ދެއްވާށީ!

މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް

މީގެ އިތުރުން، އެމްއެންޔޫގެ ލެކްޗަރާ އަލީ ޒައިދު، “ސިޔާސީ ރުޅީގައި، އަނެކާއާ ޒާތީވެ، ހަސަދަވެރިވެ، ނުކުރާ ކަންކަން ބޮލުގައި އަޅުވައި އަބުރު ކަތިލަން ފޭކް ވީޑިއޯ އާއި ފޮޓޯ އުފައްދާނީ ވަރަށް ނުބައި ވީމަ” ކަމަށް ވިދާޅުވެފައި ވާއިރު، ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އަނީލްވެސް ވަނީ ފޭކް ވީޑިއޯ ހަދައިގެން ޝަހީމްގެ އަބުރު ކަތިލަން މަސައްކަތް  ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ޝަހީމްގެ އަބުރު ކަތިލަން އާއްމު ކުރި ވީޑިއޯއާއި ގުޅިގެން އިދިކޮޅުންވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެގޮތުން، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހީމްގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިއޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. 

ޝަހީމްގެ އަބުރު ކަތިލުމަށް ވީޑިއޯ ލުމާއި ގުޅިގެން އެކި ފަރާތްތަކުން ދިފާއުގައި ނުކުތުމުން، އެ ވީޑިއޯ އާއްމު ކުރި އެކައުންޓުންވެސް ވަނީ ފަހުން އެއީ ފޭކު ވީޑިއޯއެއް ކަމަށް އެއްބަސްވެފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ އެ ވީޑިއޯ އާއްމުކުރި އެކައުންޓަށް އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.