ލައިފްސްޓައިލް
08 Aug 2024 | 07:45
ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ހައްލު ކުރުމަށް ދެވިދާނެ ގުދުރަތީ ފަރުވާ

ބޮލުން އިސްތަށި ފޭބުމަކީ ގިނަ ބައެއްގެ އޮންނަ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ މައްސަލަ ހައްލުކޮށް، އިސްތަށިގަނޑު ވަރުގަދަކޮށްދީ، ދިގު ކޮށްދިނުމަށް އެހީތެރިވެދޭ ތަފާތު ގުދުރަތީ ފަރުވާތައް ވެސް އެބަހުއްޓެވެ. މިއީ ޒަމާނުއްސުރެ މީހުން ބޭނުންކުރަމުން އަންނަ އަދި ބައެއް ޢިލްމީ ހެކިތަކުންވެސް ކަށަވަރުވެފައިވާ އިސްތަށިގަނޑަށް ދެވިދާނެ ގުދުރަތީ ފަރުވާތަކެވެ.

1. އެލޯ ވެރާ

އެލޯވެރާ އަކީ އިސްތަށި ފޭބުން  ފަދަ ހަމުގެ ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް ގަރުނުތަކެއް ވަންދެން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެއީ ބޮލުގެ އިސްތަށިގަނޑު ފިނިކޮށްދީ، އިސްތަށިގަނޑު ކޮންޑިޝަން ކޮށްދީ، ބޮލުގެ އިސްތަށިގަނޑު ބޯ ކޮށްދޭ އެއްޗެކެވެ. 

ހަފްތާއަކު ދެތިން ފަހަރު، އެލޯވެރާ ސީދާ ބޮލުގެ އިސްތަށި ތަކުގެ ބުޑާއި އިސްތަށިގަނޑުގައި އުނގުޅާލެވިދާނެ އެވެ.

2. ކާށިތެޔޮ

ކާށިތެލުގައި ގިނަ އަދަދަކަށް ފެޓީ އެސިޑް ހުންނައިރު އެއީ އިސްތަށިގަނޑަށް މުހިންމު އެއްޗެކެވެ. 

އިސްތަށިގަނޑު ދޮވުމުގެ ކުރިން ނުވަތަ ދޮވުމަށްފަހު ކާށިތެޔޮ ބޭނުން ކުރެވިދާނެއެވެ. ކާށިތެލުން އިސްތަށިގަނޑުގެ ބުޑު މަސާޖު ކުރުމަކީ ވެސް ލޭގެ ދައުރުވުން ރަނގަޅުކޮށްދީ އިސްތަށިގަނޑު ބޯވެ ދިގުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

3. ފިޔާ ޖޫސް

ފިޔާ ޖޫހުގައި ގިނަ އަދަދަކަށް ސަލްފަރު ހިމެނޭއިރު، މިއީ ކޮލަޖަން އުފެއްދުން އިތުރުކޮށްދީ އިސްތަށިގަނޑުގެ ހެދި ބޮޑުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. 

ފިޔާ ޖޫސް ބޮލުގެ އިސްތަށިގަނޑުގައި އުނގުޅައިގެން 15-30 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލުމަކީ ފައިދާހުރި ކަމެކެވެ.

4. ރޮޒްމެރީ އޮއިލް

ރޮޒެމަރީ އޮއިލް އަކީ ސެލިޔުލަރ ޖެނެރޭޝަން ރަނގަޅުކޮށްދޭ އެއްޗެކެވެ. ކާށި ނުވަތަ ޒައިތޫނި ތެޔޮ ފަދަ ކެރިއަރ އޮއިލް އާއި ރޮޒްމެރީ ތެލުގެ ދެތިން ތިކި އެއްކޮށްލުމަށްފަހު ބޮލުގައި އުނގުޅުމަކީ އިސްތަށިގަނޑު ހެދި ބޮޑުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

5. ގްރީން ޓީ

ގްރީން ޓީގައި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާއިރު، އެއީ އިސްތަށިގަނޑު ބޯ ކޮށްދީ، އިސްތަށި ފޭބުން މަދުކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. 

ބޯ ދޮވުމުގެ ކުރިމް، ގަޑިއެއްހާއިރު، ބޮލުގައި ގްރީން ޓީ (ފިނިކޮށްފައި) އުނގުޅާފައި ބެހެއްޓުމަކީ ފައިދާހުރި ކަމެކެވެ.

6. ހީނާފަތް (ހެނާ)

ހީނާފަތަކީ ގުދުރަތީ ކޮންޑިޝަނަރެއް ކަމުން އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އެއިން އެހީތެރިވެދެއެވެ. އެއީ ޔޯގަޓް ނުވަތަ ބިސް ފަދަ އެހެން ބާވަތްތަކާ އެއްކޮށްގެން އިސްތަށިގަނޑުގެ މާސްކެއް ހަދާލެވޭނެ އެއްޗެކެވެ. މިފަދަ މާސް ހަފްތާއަކު ދެފަހަރު، ގާތް ގަނޑަކަށް ގަޑިއިރެއް ހާއިރު ވަންދެން އިސްތަށިގަނޑުގައި (ޚާއްސަކޮށް އިސްތަށި ތަކުގެ ބުޑުގައި) އުނގުޅާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. ތަފާތު ފެންނާނެއެވެ. 

7. ފެނިއުގްރީކް އޮށް

ފެނުގްރީކް އޮށުގައި ޕްރޮޓީން އާއި ނިކޮޓިނިކް އެސިޑް ގިނައިން ހުންނައިރު، މިއީ އިސްތަށި ފޭބުން މަދުކުރުމަށް ފައިދާހުރި އެއްޗެކެވެ. 

އެއްރޭ ވަންދެން ފެނުގްރީކް އޮށް ފެނުގައި ބެހެއްޓުމަށްފަހު، އެއިން ޕޭސްޓެއް ތައްޔާރު ކޮށްލާށެވެ. ދެން ބޮލުގެ އިސްތަށިގަނޑާއި، އިސްތަށި ތަކުގެ ބުޑުގައި އރ އުނގުޅާށެވެ.

8. އަމްލާ 

އަމްލާއަކީ ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ގިނައިން ހިމެނޭ މާއްދާއެއް ކަމުން އިސްތަށިގަނޑުގެ ފޮލިކަލްތައް ވަރުގަދަކޮށް، އިސްތަށިގަނޑު ފޭބުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. 

އަމްލާ ތެޔޮ ނުވަތަ އަމްލާ ޕައުޑަރ ފެނާއި އެއްކޮށްގެން ބޮލުގެ އިސްތަށިގަނޑުގައި ކޮންމެ ދުވަހަކުވެސް އުނގުޅާލެވިދާނެއެވެ.

9. ބިސް މާސްކް

ބިހަކީ ޕްރޮޓީން ގިނަ އެއްޗެކެވެ. އެހެންކަމުން އެއީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. 

ބިސް މާސްކެއް ހެދުމަށއ ޒައިތޫނި ތެލާއި، ހީނާފަތާ ބިސް އެއްކުރާށެވެ. ދެން ގަޑިއިރެއްހާއިރު ވަންދެން އިސްތަށިގަނޑުގައި އުނގުޅައިގެން ހުރުމަށްފަހު ދޮވެލާށެވެ.

10. މިންހެޔޮ ކެއުމެއް ކެއުން

ވިޓަމިންސް އާއި މިނަރަލްސް އާއި ޚާއްސަކޮށް ދަގަނޑު، ޒިންކް، އަދި ވިޓަމިން އޭ، ސީ، އަދި އީ އިން މުއްސަނދި ކާނާ ކެއުމަކީ ދުޅަހެޔޮ އިސްތަށިގަނޑަކަށް މަގުފަހިކޮށްދޭ ކަމެކެވެ. މަސް، ނާޓްސް، އޮށް، އަދި ފަތް ހުންނަ ފެހި ބާވަތްތައް ފަދަ ކާނާތަކަކީ ފައިދާހުރި ކާނާތަކެކެވެ.

11. ސްޓްރެސް މެނޭޖްމަންޓް

ސްޓްރެސް އަކީ އިސްތަށިގަނޑު ފޭބުމުގެ މުހިންމު ސަބަބެކެވެ.  ގަވާއިދުން ކަސްރަތު ކުރުމަކީ ސްޓްރެސް ލެވެލް ދަށްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

މި ގުދުރަތީ ފަރުވާތަކަކީ ފައިދާހުރި ފަރުވާތަކަކަށް ވެދާނެ ނަމަވެސް، އެއްބަޔަކު އަނެއް ބަޔަކަށް ނަތީޖާ ތަފާތުވެދާނެކަން ހަނދާން ބެހެއްޓުން މުހިންމެވެ. މިކަން ކުރާނަމަ، ގަވާއިދުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ފެންނަން އެތައް ހަފްތާއެއް ނުވަތަ މަސްތަކެއް ނަގާފާނެ ކަމަށް ދަންނަންވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.