ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
08 Aug 2024 | 10:03
އެމްޑީޕީން މަގުމައްޗަށް އިހްތިޖާޖަށް ނުކުތުމަށް ގަރާރެއް ފާސްކޮށްފި

މި ސަރުކާރުން ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ އެކަން ދިރާސާކޮށް، މަގުމައްޗަށް އިހްތިޖާޖަށް ނުކުންނަން ޖެހިއްޖެނަމަ އެކަން ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

ރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް، އެޕާޓީގެ ގައުމީ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި މި ގަރާރު ފާސްވީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރު ހުށަހަޅުއްވައި ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ، އެމްޑީޕީގެ 51،000 އަށްވުރެ ގިނަ މެމްބަރުން ތިބިއިރު، އެ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އެކިއެކި ފަރާތްތައް ފެނަކަ އާއި އެނޫންވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާއިން ކަނޑަމުންދާ ކަމަށެވެ.

އެހެންކަމުން އެ މަންޒަރު ބަލަން ނުތިބެ، ވަޒީފާއިން ވަކިކުރާ މީހުންނަށް އިންސާފު ހޯދައިދިނުމަށާއި ސީދާ ހަރަކާތަކަށް ދާން ޖެހިއްޖެނަމަ އެކަން ކުރަންވެސް އޭނާގެ ގަރާރުގައި ގޮވަލާފައިވެ އެވެ.

އަންވަރުގެ ގަރާރާއި ގުޅިގެން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދިވެއްސަކަށް ލިބޭ ކޮންމެ ގެއްލުމަކީ އެ ޕާޓީން އެކަމަކާ ހިތާމަކޮށް އަޑު އުފުލާނެ ކަންކަން ކަމަށެވެ. 

މީހުން ވަޒީފާއިން ވަކިކުރާ މައްސަލަ ދިރާސާކޮށްދެއްވައި، މަގުމައްޗަށް ނުކުމެ އަޅުގަނޑުމެން އެމީހުންނާއެކު އިހްތިޖާޖު ފެށުމަށް. އަޅުގަނޑުމެން މި ޕާޓީގެ ފަރާތުން އެކަމުގައި ހުރިހާ އެއްބާރުލުމެއް ދޭނަން

ފައްޔާޒު އިސްމާޢީލް

މިކަމާއި ގުޅޭ ގޮތުން މަސައްކަތްތައް ކުރުމަށް މި ގަރާރުގެ ދަށުން ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ފާސްކޮށްފަ އެވެ. 

ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެއިން އާއި ލީގަލް ޑިރެކްޓަރު މަހުފޫޒް ސައީދު އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އިތުރުން އަލިފުށި ދާއިރާގެ ރައީސް މުހައްމަދު ރަޝީދު (ބިގޭ) އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާކިރު އަބްދުއްރަހްމާން އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.