2020 ވަނަ އަހަރު މާސްޓަރ ޝެފް މޯލްޑިވްސް ބޭއްވުމަށް އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން؛ އެ ޝޯ ރާއްޖޭގައި ބޭއްވުމަށް މި ސަރުކާރުން ވަނީ މަސައްކަތް ފަށާފައި: ފޮޓޯ/ ޕީއެސްއެމް
ހަބަރު
08 Aug 2024 | 11:18
ދިވެހި ޝެފުން އުފެއްދުމަށް “މާސްޓަރ ޝެފް” ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ފަށައިފި

ދުނިޔޭގައި ކެއްކުމުގެ އެންމެ ބޮޑު ފްރެންޗައިސް ޝޯ “މާސްޓަރ ޝެފް” ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ. 

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި އެމްއެމްޕީއާރްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޝެފުންގެ ތެރޭގައި ބޭރު ގައުމުތަކުގެ ގިނަ ޝެފުން ތިބި ކަމަށެވެ. އަދި އެ ދާއިރާގެ ޝެފުންނަށް ބައެއް ލަގްޒަރީ ރިސޯޓް ތަކުން 35،000 އެއްހާ ޑޮލަރު މުސާރައިގެ ގޮތުގައި ދެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ، ދިވެހިންގެ ތެރޭގައިވެސް އެ ދާއިރާއިން ހުނަރު ހުރި ގިނަ ޒުވާނުންތަކެއް ތިބި ކަމަށާ، އެ ވަޒީފާތަކަށް ދިވެހިން އިސްކޮށް، ދިވެހިންގެ ޝައުގުވެރިކަންވެސް އެކަމަށް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝެފުންނަކީ ވަރަށް ބޮޑު ހޭދައެއް އެބަޔަކަށް ކުރާ ބައެއް. ރާއްޖޭގައި އެބަތިބި، 30،000 ޑޮލަރު، 35،000 ޑޮލަރުގެ މުސާރައިގައި ޗެފުން ބައެއް ލަގްޒަރީ ރިސޯޓްތަކުގައި. މިއީ ދިވެހިންނަށްވެސް ކުރެވޭނެ ކަންކަން. އަޅުގަނޑު އިންޑަސްޓަރީ ކައިރިން އެދޭނަން މީގައި ޕްލޭނެއް އެކުލަވާލާފައި، އެ ރިސޯޓް ތަކުން އިންޓްރެސްޓް ހުންނަ (ދިވެހި) ކުދިންނަށް ފުރުސަތުދޭން

ވަޒީރު އިބްރާޙީމް ފައިސަލް

މިއާއެކު، ފައިސަލް ވިދާޅުވީ، އައު ޝެފުން އުފައްދައި، ޝެފުންގެ ހުނަރު ދައްކާލުމަށް، މާސްޓަރ ޝެފް ޝޯވ ރާއްޖޭގައި ބާއްވަން ފެށުމަށް ޕީއެސްއެމާއިއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވޮއިސް

އަޅުގަނޑު އިރާދަލުރެއްވިއްޔާ ވަރަށް އަވަހަށް ޕީއެސްއެމާއެކު މަޝްވަރާ ކުރާނަން، މިކަމަށް (ޝެފުންނަށް ވުމަށް) އިންޓްރެސްޓް އުފެއްދުމަށް، މާސްޓަރ ޝެފް ކިޔާ އެ ޝޯ ރާއްޖެ ގެނައުމަށް. ދެން އަޅުގަނޑު މީގައި ބައެއް ރިސޯޓް ތަކުގައި ތިއްބެވި އިންވެސްޓަރުންނާ މިހާރު މަޝްވަރާވެސް ކުރެވިފައި ވަނީ. އެގޮތުން ބައެއް ބޭފުޅުން ވިދާޅުވި މިކަމުގައި އެބޭފުޅުން ވަރަށް ބޮޑަށް އެހީވާނޭ ކަމަށް. އެގޮތުން ރިސޯޓެއްގައި އެ ޝޯ ބޭއްވުމަށް

ވަޒީރު އިބްރާޙީމް ފައިސަލް

އެ ޝޯ އާއެކު، ޝެފުންގެ ވަޒީފާއަށް ދިވެހިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އުފެއްދިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. 

މީގެ ކުރިންވެސް 2020 ވަނަ އަހަރުގައި ރާއްޖޭގައި މާސްޓަރޝެފް ބޭއްވުމަށް  އެއްބަސްވުމުގައި ސޮއިވެސް ކުރެވުނެވެ. ނަމަވެސް އެކަން ކުރިއަށް ގެނެދެވިފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.