އެމްއެމްޕީއާރސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
08 Aug 2024 | 13:15
ރާއްޖޭގެ ހުރިހާ ސަރަހެއްދެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކޮންމެ އަތޮޅަކަށް މާސްޓަރ ޕްލޭނެއް އެކުލަވާލަނީ

ރާއްޖޭގެ ހުރިހާ ސަރަހެއްދެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކޮންމެ އަތޮޅަކަށް މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީއާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ފައިޞަލް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހިންގާމުންދާ ގެސްޓް ހައުސް ތަކުގައި އެކަނިވެސް ގާތް ގަނޑަކަށް 16،000 އެނދުގެ ކެޕޭސިޓީއެއް ހުރި ކަމަށެވެ. 

ރާއްޖޭގެ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ޑިވެލޮޕް ކުރުމަށް ކޮންމެ އަތޮޅަކަށް މާސްޓާރ ޕްލޭނެއް އަޅުގަނޑުމެން ހަދަމުން މިދަނީ. އެގޮތުން އެ މާސްޓާ ޕްލޭން  ނިމޭ އިރު އަޅުގަނޑުމެންނަށް އެނގިގެންދާނެ، އެ އަތޮޅެއްގައި ވަން އައިލެންޑް ކޮންސެޕްޓްގެ ކިތައް ރިސޯޓްކަން އަޅުގަނޑުމެން ތަރައްގީ ކުރާނީ. އެއީ ކޮން ރަށް ތަކެއްތޯ. އެތަންތަނަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރަމުން އަޅުގަނޑުމެން ދާނީ 

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙީމް ފައިސަލް

ަމީގެ އިތުރުން ރަށް ރަށުގައިވެސް ގެސްޓް ހައުސް ތަކުގެ އެނދުގެ އަދަދު އިތުރު ކުރާނެ މިންވަރާއި، ލިމިޓް ކުރާނެ މިންވަރުވެސް އެ މާސްޓަރ ޕްލޭންގެ ދަށުން ކަނޑައެޅިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައުވެސް އެ އަތޮޅެއްގައި ހިމެނޭ ގެސްޓް ހައުސްތައް ޕްރޮމޯޓް ކުރުމަށް، އެމްއެމްޕީއާރްސީގެ ބަޖެޓްގެ ތެރެއިން ގެސްޓް ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެއީ އެތަނެއްގައި ހުންނަ ސަގާފަތް ދައްކައި ދިނުން ކަމަށް ވިޔަސް، އަދި ޔުނިކް ސެލިންގ ޕޮއިންޓް ތައް އައިޑެންޓިފައި ކުރެވި އެކަންކަން ދުނިޔޭގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް އެމްއެމްޕީއާރސީން ވަރަށް ބޮޑަށް ކުރިއަށް ގެންދާނެ 

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙީމް ފައިސަލް

މީގެ އިތުރުން، މިއަދުގެ ނޫސްވެރިންގެ ބައްދަކުވުމުގައި ވަޒީރު ފައިސަލް ވަނީ އައު ގެސްޓް ހައުސްތައް އަޅަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގު ފަހި ކޮށްދިނުމަށް، ލޯން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބީއެމްއެލްއާއއި ގުޅިގެން މަޝްވަރާ ކުރައްވަމުންދާކަންވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.