ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން-- ފޮޓޯ: އޭޕީ
ދުނިޔެ
08 Aug 2024 | 15:39
އިސްރާއީލާއި ދެކޮޅަށް އައިސީޖޭގައި އޮތް މައްސަލައިގައި ތުރުކީންވެސް ބައިވެރިވަނީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ތުރުކީން ބައިވެރިވުމަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ބައިވެރިވާނެކަން ތުރުކީން ހާމަކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެގައުމުން އޭރު ވަނީ މި މައްސަލައިގައި ރަސްމީކޮށް ތަދައްޚުލުވުމުގެ މަސައްކަތް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާކަމަށް ބުނެފައެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ވިދާޅުވީ ރަސްމީކޮށް އެކަމަށް އެދިފައިވަނީ އިއްޔެ ކަމަށެވެ. އަދި ޣައްޒާގައި ހިންގާ ނަސްލު ނައްތާލުން ހުއްޓުވުމަށާއި އިސްރާއީލާއި އެގައުމުގެ ސަޕޯޓަރުންނަށް އެކަން ހުއްޓުވުމަށް ޕްރެޝަރުކުރުމަށް ވެސް ހަކާން ގޮވާލެއްވިއެވެ.

ތުރުކީން މި މައްސަލައިގައި ބައިވެރިވުމާއިމެދު އަދި އައިސީޖޭއިން ގޮތެއް ނިންމާފައެއް ނުވެއެވެ.

އިސްރާއީލުން ހިންގަނީ ގަތުލު އާއްމުކަން ކަނޑައަޅައި އެކަން ހުއްޓުވުމަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

އެއާއިއެކު، މިއަހަރުގެ ޖެނުއަރީ މަހު އައިސީޖޭން ވަނީ ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ހުރިހާ އަމަލެއް ހުއްޓާލައި، ޣައްޒާއަށް އެހީ ވެއްދޭނެ މަގު ފަހިކުރުމަށް އިސްރާއީލަށް އަމުރުކޮށްފައެވެ.

އެހެންނަމަވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީން މިކަމަށް ބީރު ކަންފަތެއް ދީފައިވާއިރު، އެމީހުން އަންނަނީ މިކަން ދޮގު ކުރަމުންނެވެ. އޭގެ ފަހުންވެސް ޣައްޒާގެ ގަތުލުއާއްމާއި ގުޅިގެން އައިސީޖޭއިން އިސްރާއީލުގެ މައްޗަށް މިއަހަރުގެ ތެރޭގައި އެކި ފަހަރު މަތިން އަމުރުތައް ނެރުނު ނަމަވެސް މިއިން އެއްވެސް ކަމަކަށް ޔަހޫދީން ބޯލަބާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.