ބީއެމްއެލް އަދި އެމްއައިބީ ގްރެފިކްސް/ވޮއިސް
ރިޕޯޓް
08 Aug 2024 | 14:55
އެމްއައިބީ ޕޯސްޓުގެ މުރާދަކީ ހަމައެކަނި ބީއެމްއެލްއަށް ބަރޯސާ ނުވާށޭތަ؟

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިން ހިދުމަތާއި، ކާޑުގެ ހިދުމަތް އިއްޔެ މެދުކެނޑިގެން ދިޔަދިއުމަކީ ބީއެމްއެލްގެ ކަސްޓަމަރުންގެ ފަރާތުން ނުތަނަވަސްކަން ފެނުނު ދުވަހެކެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބީއެމްއެލްގެ ކަސްޓަމަރުންގެ ޝަކުވާތައް އިއްޔެ އޮތީ ފުނިޖެހިފައެވެ. 

ޒަމާނަށް އައި ބަދަލާއެކު މަދު މީހަކު ނޫނީ މިހާރު ވޮލެޓެއްގައި ފައިސާއެއް ނުގެންގުޅެއެވެ. ފައިސާގެ މުއާމަލާތްތަކުގައި މިަދު ގިނަ މީހުން ބޭނުންކުރަނީ އިންޓަރނެޓް ބޭންކިން އާއި ފައިސާ ކާޑުތަކެވެ. އެ އެއްޗެހީގެ ހިދުމަތް ގިނަ ވަގުތުތަކަކަށް މެދުކެނޑުމުން ބީއެމްއެލްގެ ކަސްޓަމަރުންގެ ހާސަރުތައް ގިނަވީ އެހެންވެގެންނެވެ. ރާއްޖޭގައި އަދިވެސް ގިނައީ ޤައުމީ ބޭންކްގެ ގޮތުގައި ހިންގަމުންގެންދާ ބީއެމްއެލްގެ ކަސްޓަމަރުންނެވެ.

ބީއެމްއެލްގެ އިންޓަރނެޓް ބޭންކާއި ކޭޝްކާޑުގެ ހިދުމަތް, އިއްޔެ ގިނަ ވަގުތުތަކަކަށް މެދުކެނޑި ރައްޔިތުންގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، ބީއެމްއެލް އާ ވާދަވެރި މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަދު ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭފަދަ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ، "ހުރިހާ ބިހެއް އެއްގޮއްޓަކަށް ނުލަމާތޯއެވެ" މި ޕޯސްޓާ ގުޅޭގޮތުން ގިނަ ބަޔަކު ބުނަމުން ދަނީ އެއީ އިއްޔެ ބީއެމްއެލްއަށް ދިމާވި ހާދިސާ އާ ގުޅުވައިގެން ކޮށްފައިވާ ޕޯސްޓެއް ކަމަށެވެ. 

އެމްއައިބީގެ މި ޕޯސްޓަށް ކޮމަންޓްކުރި ބައެއް މީހުން ބުނެފައިވަނީ، މާކެޓް ކުރުމަކީ މިއީ ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ ނުސީދާ ގޮތެއްގައިނަމަވެސް އެމްއައިބީން އެ ބުނީ ރަނގަޅު އެއްޗެއް ކަމަށެވެ.

ބޭންކިން ހިދުމަތަށް ބަލާއިރު، އެމްއައިބީ ވެފައިވަނީ މިއަދު ބީއެމްއެލްގެ އެންމެބޮޑު ވާދަވެރިއާ އަށެވެ. އެހެންކަމުން އިއްޔެ އެ ދިމާވި މައްސަލައާ ގުޅިގެން ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ބީއެމްއެލްއާ ގުޅޭގޮތުން ތަފާތުއެކި ޝުއޫރުތައް ފާޅުކޮށްފައިވަނިކޮށް، "އެއް ބޭންކަކަށް އަތުގައި ހުރި ހުރިހާ ފައިސާއެއް ނުލާށޭ" ބޭ އިހުތިޔާރުގައިވެސް އެމްއައިބީއަށް ބުނެލެވިދާނެއެވެ.

ބީއެމްއެލްއަކީ ދިވެހި ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކެކެވެ. މޯލްޑިވްސް އިސްލާމިކް ބޭންކަކީ  އިސްލާމިކް ކޯޕަރޭޝަން ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) ގެ %33 ހިއްސާ އާއި، ދިވެހި ސަރުކާރުގެ %28 އިންސައްތަ ހިއްސާ އޮންނަ ބޭންކެކެވެ. މި ބޭންކްގެ އިތުރު ހިއްސާދާރުންނަކީ، މޯލްޑިވްސް ޕެންޝަން އޮފީސް %10.53، އަމާނާ ތަކާފުލް %8.03، އަދި އާއްމުންގެ %10.44 ހިއްސާ ތަމްސީލްކުރާ އާއްމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ