މި ސަރަހައްދުގައި އައިއޭސީން ދަނީ ހަރަކާތްތެރިވަމުން-- ފޮޓޯ: އައިއޭސީ
ދުނިޔެ
08 Aug 2024 | 16:44
މިޔަންމާގެ އަރަކަން ސިފައިން ރޮހިންޔާ މުސްލިމުން މަރަނީ!

މިޔަންމާގެ ހުޅަނގުގައި އޮންނަ ރާޚައިން ސްޓޭޓްގެ މައުންގްޑާއު ޓައުންގައި ދިރިއުޅެމުންދާ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އަރަކާން ސިފައިން ހަމަލާދީ، އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން މަރަން ފަށައިފިއެވެ.

ރޮހިންޔާ އެކްޓިވިސްޓުންނާއި ލޯކަލް މީޑިއާތަކުން ބުނާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި އަރަކާން ސިފައިން ވަނީ ބަންގްލަދޭޝްއާ މިޔަންމާ ބޯޑަރުގެ ކައިރީގައި އޮންނަ ރަށެއްގެ ކޮންޓްރޯލް ނެގުމާއިއެކު، އެ ސަރަހައްދަށް ޑްރޯން ހަމަލާތަކެއްދީ، އެތަނުގައި ދިރިއުޅޭ އާއްމުން މަރަން ފަށާފައެވެ.

އަރަކާން ސިފައިންގެ މި ލާއިންސާނީ އަމަލުތަކުގައި ކުޑަކުދިން ވެސް ދޫނުކުރާއިރު، މިކަމާއި ގުޅިގެން އެގައުމުގެ ޔޫސީ ބަރކްލީ ސްކޫލް އޮފް ލޯގެ ހިއުމަން ރައިޓްސް ސެންޓަރުގައި މަސައްކަތްކުރާ މަޝްހޫރު ރޮހިންޔާ އެކްޓިވިސްޓެއް ކަމަށްވާ ވައި ވައި ނޫ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ސަރަހައްދުގެ ހާލަތު މިހާރު ކުރިއަށް ވުރެ ވެސް ގޯސްވެފައިވާކަމަށާއި، އެ އަނިޔާތަކުގެ ޝިކާރައަކަށް ރޮހިންޔާ މުސްލިމުން ވެފައިވާކަމަށެވެ.

އެ ސަރަހައްދުގެ އާއްމުންނާއި ހަވާލާދީ ވައި ވައި ނޫ އިތުރަށް ވިދާޅުވީ، ރޮހިންޔާ މީހުން މައުންގްޑޯގެ ބައެއް ސަރަހައްދުތަކުން ފޮނުވާލާފައިވާކަމަށާއި، އެމީހުން މިހާރު ތާށިވެފައިތިބީ ބަންގްލަދޭޝްއާއި އެ ސަރަހައްދާއި ކައިރީގައި އޮންނަ ނާފް ކޯރުގައި ކަމަށެވެ.

މީގެ އިތުރުންވެސް ރޮހިންޔާގެ ނޫސްވެރިޔަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަރަކާން ސިފައިން ހަމައެކަނި އިއްޔެވެސް 300 އަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން މަރާލާފައިވާކަމަށާއި، މިކަމާއި ގުޅިގެން އެތައް ހާސް ބަޔަކު ނާފް ކޯރާއި ދިމާލަށް ދިޔުމަށް ދަތުރުފަށާފައިވާ ކަމަށެވެ. މި ޕޯސްޓާއިއެކު އޭނާ ވަނީ އަރަކާން ސިފައިން އަނިޔާވެރިކަމާއި އެކު މަރާލާފައިވާ ހަށިތައް ފެންނަ ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ.

އަރަކާން ސިފައިން މަރާލާފައިވާ ކުދިންތަކެއް-- ފޮޓޯ: އައިއޭސީ

މި ހަމަލާތަކުގައި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު މި އަހަރުގެ ޖޫން މަހު އަރަކާން ސިފައިން ވަނީ އެ ސަރަހައްދު އެމީހުންގެ އަތްދަށަށް ގެންނާނެކަމުގެ އިންޒާރުދީ، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން އެތަނުން ނުކުތުމަށް އަމުރުކޮށްފައެވެ.

މި ސަރަހައްދުގައި ތާށިވެފައިތިބި ގިނަ މީހުންނަކީ 2017 ވަނަ އަހަރު މިޔަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގި ލާއިންސާނީ އޮޕަރޭޝަނެއް ކަމަށްވާ "ކްލިއަރެންސް އޮޕަރޭޝަން" އިން ސަލާމަތްވި މީހުންނެވެ.

މިކަމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތުދެއްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ، އެ ޖަމިއްޔާއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ކުރެވެން ހުރި ކަންކަން ބެލުމަށްފަހު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ހަމައެއާއިއެކު، މި ހަމަލާތަކުގެ ސަބަބުން ބޯހިޔާވަހިކަމާއި ކާބޯތަކެއްޗަށް އެދި މިޔަންމާގެ ސިއްޓްވޭއަށް ގިނަ އަދަދެއްގެ މީހުން އަންނަމުންދާ ކަމަށާއި، އެމީހުންނަށް އެހީވެވެން އޮތް ހުރިހާ ގޮތަކަށް އެހީވާނެ ކަމަށް އައިއޭސީ އިން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.