ވަޒީރު ފައިސަލް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 Aug 2024 | 16:49
ހަނިމާދޫ އެއާޕޯޓް ކައިރީގައި ފަތުރުވެރިކަން ތަރައްގީކުރަން އިންޑިއާގެ އިންވެސްޓަރުން ހޯދަނީ

ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ހިމެނޭ ސަރަހައްދުގައި ތިން ރިސޯޓް ހުޅުވުމަށް އިންވެސްޓަރުން ހޯދަމުން އަންނަކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކުރިއަށް ދިޔަ 'ވެލްކަމް އިންޑިއާ' ރޯޑްޝޯގެ ކާމިޔާބީގެ މައުލޫމާތު މީޑިއާއަށް ދިނުމަށް މިއަދު އެމްއެމްޕީއާރުސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، އެއާޕޯޓެއް އެންމެ ރަނގަޅު ގޮތުގައި ހިންގަން އެ ސަރަހައްދުގައި 4،000 އަދި 6،000 އެނދު ހުންނަން ޖެހޭނެކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ހިމެނޭ ސަރަހައްދުގައި ތިން ރިސޯޓެއް ގާއިމުކުރުމާ ގުޅޭގޮތުން އިންވެސްޓަރުން ލިބޭތޯ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ހުޅުވެންވާއިރަށް އެތަނުގައި 2-3 ރިސޯޓް ޕްރޮޖެކްޓެއް ފެށޭވަރަށް އިންވެސްޓަރުންތަކެއް ހޯދުމަކީ އަމާޒެއް ކަމަށެވެ.

"ބަޖެޓުގެ ދަތިކަން ހުއްޓަސް އިންޑަސްޓްރީގެ އެކި ފަރާތްތައް ގުޅިގެން މިއަހަރު ތެރޭ އަދި އެއްފަހަރު އިންޑިއާއަށް ދާން ބޭނުމީ. އިންވެސްޓާ ފޯރަމާ ހަނިމާދޫ އެއާޕޯޓް ހުޅުވެންވާއިރަށް އަޅުގަނޑުމެން މި ބޭނުންވަނީ އެތަނުގެ ހައިއެންޑުގެ 2-3 ރިސޯޓް ޕްރޮޖެކްޓެއް ފެށޭވަރަށް އިންވެސްޓަރުންތަކެއް ހޯދުން. އެއީ އަމާޒަކީ. މިއަހަރު ތެރޭ ބާއްވާނަން،" 

ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި  ހަރަކާތްތެރިވާ މަޓީ، މަޓާޓޯޯ އަދި ގެސްޓްހައުސް އެސޯސިއޭޝަންއާ އެކު ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރެވޭ ކަމަށާއި، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދާނީ މި އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ އަދި އެއްބާރުލުމާ އެކު ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.