ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޕީއެންއެފް ޖަލްސާއެއްގައި: ފޮޓޯ/ ތޭރަ އޮންލައިން
ހަބަރު
09 Aug 2024 | 12:47
ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ކުރަނީ ވަރުގަދަ، ރަނގަޅު މަސައްކަތްތަކެއް: ރައީސް ޔާމީން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި އެމީހުން ޑީޕޯޓް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ވަރުގަދަ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ތައުރީފް ކުރައްވައިފިއެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ދެކޮޅަށް ފުލުހުންނާ އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި ލޯކަލް މާރުކޭޓުތަކާއި ކޮފީ/ޓޭކްއަވޭ ތަންތަނާއި ބޯކޮށުމުގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކަށް ކާބޯތަކެތި ޑެލިވާ ކުރުމުގެ ހިދުމަތްދޭ ތަންތަން ފާސްކޮށް، ގިނަ އަދަދެއްގެ ބިދޭސީން ތަކެއް ހައްޔަރުކޮށް އެފަދަ ގިނަ ވިޔަފާރިތަކެއް އަންނަނީ ބަންދު ކުރަމުންނެވެ.

އަދި އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.

އެކަމަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ކުރާ މަސައްކަތުގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދަށް ކްރެޓް ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި، އަޅުގަނޑު މި ސަރުކާރަށް، އިޙްސާނަށް އަދި އިމިގްރޭޝަން ކޮންޓްރޯލާ ޝަމްޢާނަށް ކްރެޑިޓް ދެން. އެ ބޭފުޅުން އެ ކުރައްވަނީ ވަރުގަދަ، ރަނގަޅު މަސައްކަތް ތަކެއް. 

ކުރީގެ ރައީސް އަބްދުالله ޔާމީން

ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އެތެރެވެފައި ތިބި ބައެއް ނޫން ކަމަށާ އެހެނެއް ކަމަކު އެއީ އެތައް އަހަރެއްގެ މަތީން ރާއްޖެ އެތެރެވެފައިވާ ބައެކެވެ.

މިއާއެކު ގާނޫނާ ޚިލާފު އެއްވެސް ކަމަކަށް ތާއީދު ނުކުރައްވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ބިދޭސީންގެ މައްސަލަ އަކީ އަޅާނުލެވި އޮތް މައްސަލައަކަށް ވާއިރު އެކަން ހައްލު ކުރަން މަސައްކަތް ކުރާއިރު، އެކަން ކުރާނީ “ކެންސަރަށް ފަރުވާ ކުރާ ގޮތަށްތޯ ނޫނީ ހަށިގަނޑަށް އެއަށްވުރެ ލުއިކޮށްތޯ” ބަލަންވާ ކަމަށެވެ. 

ޔާމީން ވިދާޅުވީ ގަވާއިދާ ޚިލާފް ބިދޭސީން ޑީޕޯޓް ކުރާ ކުރުމަށް ތާއީދު ކުރައްވާ ކަމަށާ، އެހެން ނަމަވެސް ބަންގްލަދޭޝްގެ ރައްޔިތުންތަކެއް ޑީޕޯޓް ކުރާއިރު ވަރަށް ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން، ޔާމީންގެ ވެރިކަމުގައި މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން ވެސް ބަންގްލަދޭޝް އިން އެހީތެރިކަން ފޯރުކޮށްދިން ކަން ޔާމީން ފާހަގަ ކުރެއްވިއެވެ.

"ފެނުގެ ކާރިސާ ދިމާވީމަ، އެންމެ ވަރުގަދަ އަށް ތައްޔާރުވެ އެ ތަނުގެ މިލިޓަރީ އާއި ނޭވީއާ ގެނެސް (ޝެއިހް) ހަސީނާ އެންގެވީ ދިވެހި ސަރުކާރުން، ރައީސް ޔާމީން އެދޭ ކޮންމެ ކަމެއް ވަގުތުން ކުރާށޭ. ކަލޭމެން އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެއޭ. އަޅުގަނޑުމެންނާ އެހާ އެކުވެރި ގައުމެއް މިއީ،"

ކުރީގެ ރައީސް އަބްދުالله ޔާމީން

މީގެ އިތުރުން، ޔާމީން ވިދާޅުވީ ބަންގްލަދޭޝް މީހުން ރާއްޖެ އަންނަނީ އެ ބަންގްލަދޭޝް އަދި ރާއްޖޭގައި ހުންނަ އެޖެންޓަކަށް ގިނަ އަދަދެއްގެ ފައިސާ ދީފަ ކަމަށާ، އެމީހުން އައުމުން، ތަންތަނުގައި ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި ފްރީ ވިސާއެއްގައި އުޅެވޭނެއޭ ކިޔައި އޮޅުވާލައި، ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަނީ ދިވެހިން ކަމަށެވެ. އެ މީހުންނާ މެދުގައި ފިޔަވަޅު ނޭޅޭތީ ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

"މި އަންނަ މީހުން އަންނަނީ އެމީހުންގެ މުޅި ދިރިއުޅުން ރަހުނުކޮށްފައި ލާރި ނަގައިގެން އަދި ނުވިތާކަށް އެމީހުން ލޯން ނަގައިގެން 13،000/14،000 ޑޮލަރު ދީފައި އެކޮޅުން އެޖެންޓަކަށް، މިކޮޅުން އެޖެންޓަކަށް ދީފައި،" ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ބިދޭސީންގެ މައްސަލަ ހައްލު ކުރާއިރު މުއްދަތަކަށް ބަހާލައިގެން އެކަން ކުރުމުން އެންމެނަށްވެސް ފަސޭހަ ވާނެ ކަމަށް ޔާމީން ވުދާޅުވުއެވެ. 

ކޮމެންޓް
ގަލަން
ބަންގްލާދޭސް މީހުންއަންނަނީ ފުރީވިސާގަ އުޅެވޭކަން އިގިހުރެ އަދި ގަވައިދާހިލާފައް ބޭނުންގޮތަކައް އުޅެވޭނެކަން އިނގިހުރެ. ގަވައިދުންއައިމަ ލިބޭނީކުޑަމުސާރަ ގަވައިދާހިލާފައް އުޅުނީމަ ގިނަރުފިޔާލިބޭނެތީ
09 Aug 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.