ޚުތުބާ އަޑުއަހަނީ:
ދީން
09 Aug 2024 | 12:57
ޢާއިލީ ގުޅުންކަނޑާ ފަރާތްތަކަކީ މާތް الله ލަޢުނަތް ލެއްވި މީހުންގެ ތެރޭގައިވާ ބައެއް: ޚުތުބާ

ޢާއިލީ ގުޅުންކަނޑާ ފަރާތްތަކަކީ މާތް الله ލަޢުނަތް ލެއްވި މީހުންގެ ތެރޭގައިވާ ބައެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ޢާއިލީ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، ޢާއިލީ ގުޅުންތައް ވަރުގަދަވެގެން ނޫނީ މާތް اللهގެ ޝިޢާރުތައް މަތިވެރިކުރާނެ، މުޖުތަމަޢު ބަލަހައްޓައިނަގަހައްޓައި ދިފާޢުކުރާނެ ޤާއިދުންނާއި، ފަހުލަވާނުން ނުއުފެއްދޭނެ ކަމަށެވެ.

އަދި ޢާއިލީ ޒިންމާގެ ތެރޭގައި މުޖުތަމަޢަށް ބޭނުންވާ ހުރިހައި ދާއިރާތަކަށް މީހުން ބިނާކުރުން ހިމެނޭ ކަމަށާ އޭގެތެރޭގައި މުފައްކިރުންނާއި، އެދުރުންނާއި، ފަންނުވެރީންނާއި، މަސައްކަތްތެރީންނާއި،ފާރަވެރީން އުފެއްދުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ. 

މިއާއެކު ޚުތުބާގައި ބުނީ، ޢާއިލީ ގުޅުން ހަރުދަނާ ކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ޤާއިމުކުރާން ޖެހޭ ކަމަށެވެ.

ޢާއިލާގެހުރިހާ މެންބަރުން ގުޅިގެން ޢާއިލާ ހަރުދަނާކުރާން މަސައްކަތްކުރާން ޖެހެއެވެ. ޢާއިލާގެ ތެރޭގައި އިޙްތިރާމްކުރުމާއި އަގުވަޒަންކުރުން އޮންނާން ޖެހެއެވެ. ބިނާކުރަނިވިފާޑުކިއުންތަކާއި ގުޅުންތައް ޤާއިމުކުރެވޭން ޖެހެއެވެ. އެކަކު އަނެކާގެ އަޑުއެހުމާއިއިޙްސާސްތަކާއި ބޭނުންތައް، އިޙްތިރާމާއެކު ހިއްސާކުރުމުގެ މާހައުލެއް އުފައްދަންޖެހެއެވެ. ކެތްތެރިކަމާއި ތަޙައްމަލުކުރުން ކުރިއަށް ނެރޭން ޖެހެއެވެ. ކެތްތެރިކަމާއިތަޙައްމަލުކުރުމަކީ، ބިނާކުރަނިވި ގޮތެއްގައި ކޯޅުންތަކާއި މައްސަލަތައް ހައްލުކުރުމަށްއެހީތެރިވެދޭ ކަމެއްކަން އަމިއްލައަށް ޤަބޫލުކޮށް، ޢާއިލީ އެހެން މެންބަރުންނަށްސާފުކޮށްދީ ވިސްނައިދޭން ޖެހެއެވެ. ޢާއިލާގެ މެންބަރުންގެ ތަޢުލީމާއި ކުރިއެރުމަށް ޓަކައިރޭވުންތަކެއް ރާވައި ޢަމަލީ މަސައްކަތްތައް ދުރާލައި ކުރާންޖެހެއެވެ

ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަޙުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުންދާ ކަމަށެވެ. އަދި އެއީ ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާ، ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ.

އެ ޙައްޤުން ޢާއިލާގެ މެންބަރަކުމަޙްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެކެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވީ ޢާއިލީ މީހުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއިނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢާއިލާތަކުގެ އަޅާލުމެއްނެތި މި ފަދަ މަރުކަޒުތަކުގައި ދިރިއުޅޭން ޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަންއިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއްކަން ވަނީ ފާހަގަކުރެވިފައެވެ. 

ހުކުރު ޚުތުބާ

އެހެންކަމުން، މިކަންކަމާ މެދު ފުންކޮށް ވިސްނައި، ޢާއިލީ ގުޅުން ވަރުގަދަކުރުމަށް ޓަކައި ޢާއިލާގެމެންބަރުންނަށް ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ޙައްޤު ހޯއްދައިދިނުމަށް ޢާއިލާގެ ކޮންމެ ފަރުދަކު މަސައްކަތްކުރާން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. 

މިއާއެކު، ޚުތުބާގައި ވަނީ ޢާއިލީ ގުޅުންތަކަށް އިހުމާލުވެ، ޢާއިލީ ގުޅުންކަނޑާ ފަރާތްތަކަށް ހުރި ބިރުވެރިކަންބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މައްޗަށް އަލިއަޅުވާލާފައެވެ.

“ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިއެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުންގެގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟އެއުރެންނީ، އެއުރެންނަށް الله ލަޢުނަތް ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެންބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ."

ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ޢާއިލީ ގުޅުން ދެމެހެއްޓުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން، ޤައުމީފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަކީ މިއަދު ކުރާން ޖެހިފައިވާ ދީނީ، އިޖުތިމާޢީ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެ ކަމަށް ހިތްވަރު ލިބިގަނެ، އިސްނެގުމުގެ ކުޅަދާނަކަން ދެއްވުމަށް اللهގެ ޙަޟްރަތުން ވާތްގަށް އެދުމަށް، ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.