މިއަދުގެ ޚުތުބާ ލިޔުއްވި، އިސްލާމިކް މިނިސްޓްރީފެ ޑެޕިޔުޓީ މިނިސްޓަރ ހައްވާ ލަޠީފް: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
09 Aug 2024 | 14:15
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނަކު ލިޔުއްވި ޚުތުބާ އެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނެއް ލިޔުއްވި ޚުތުބާ، މިއަދުގެ ހުކުރު ނަމާދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވައިފިއެވެ. 

“އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން” މައުޟޫއަށް މިއަދު އިއްވި ޚުތުބާ ލިޔުއްވާފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރު، އުސްތާޒާ ހައްވާ ލަތީފެވެ. 

މިކަން ފާހަގަކުރައްވައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ލިޔުއްވި މި ޚުޠުބާ މިއަދު ގެނެސްދެވިފައިވަނީ އަލަށް ލައިވް ޓްރާންސްލޭޝަން ސަބްޓައިޓަލް އާއިވެސް އެކުގައި ކަމަށެވެ.

އެގޮތުން އިސްލާމީ މަރުކަޒު ޓީވީތަކަށާ މިނިސްޓްރީގެ ޕޭޖަށް ޚުތުބާގެ ތަރުޖަމާ ލައިވް ކޮށް މިއަދު ދައްކާފައިވާއިރު، އަންނަ ހަފްތާގައި ހުރިހާ ޓީވީ ތަކަށް ވެސް ތަރުޖަމާގެ ފީޑް ދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއަދުގެ ޚުތުބާ ލިޔުއްވި ހައްވާ ލަޠީފަކީ މީގެ ކުރިން އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ހުންނެވި ބޭފުޅެކެވެ.

އެކަމަނާ ދީނީ ތަޢުލީމް ހާސިލް ކުރެއްވީ މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީންނެވެ. 

ހައްވާ ލަޠީފް ލިޔުއްވި ޚުތުބާގައި ވަނީ، ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަޙުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުންދާ ކަން ފާހަގަކޮށްފައެވެ.

އަދި އެއީ ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާ، ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށް ކަމަށްވެސް ބުނެފައިވެއެވެ

މީގެ އިތުރުން ޢާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމަށާ، އަދި އެގުޅުން ކަނޑާލުމުގެ ބިރުވެރިކަމަށް ވަނީ އަލިއަޅުވާލާފައެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. “ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިއެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުންގެގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟އެއުރެންނީ، އެއުރެންނަށް الله ލަޢުނަތް ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެންބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ."

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ވަނީ ޢާއިލީ ގުޅުން ދެމެހެއްޓުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން، ޤައުމީފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަކީ މިއަދު ކުރާން ޖެހިފައިވާ ދީނީ، އިޖުތިމާޢީ ބޮޑު މަސައްކަތެއް ކަމަށް ބުނެފައެވެ.

ކޮމެންޓް
ޚާލިދު
ޑެޕިއުޓީ މިނިސްޓަރ އުސްތާޒާ ޙަައްވާ ލަޠީފަށް މިފަދަ މަތިވެރި ފުރުޞަތެއް ލިބިވަޑައި ގަތުމަކީ ވަރަށް އުފާކުރާ ކަމެއް. މިކަމުގެ ސަބަބުން ކަނބަލުންގެ ޚިދުމަތް އާ ހަރުފަތަކަށް އުފުލިގެން ހިނގައްޖެ.
10 Aug 2024
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.