އެމެރިކާގެ ފައިޓަރު ޖެޓު -- ފޮޓޯ: ޓެލެގުރާމް
ދުނިޔެ
10 Aug 2024 | 11:40
އީރާނުން ދޭ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ޖެޓުތައް މެދުއިރުމައްޗަށް

އީރާނާއި ޔަމަނު، އަދި ލުބުނާނުގެ ހަނގުރާމަވެރި ގުރޫޕްތަކުން އިޒުރޭލަށް ދެމުންދާ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ފައިޓަރު ޖެޓުތަކެއް މެދުއިރުމައްޗަށް ފޮނުވައިފި އެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނުގައި ހުއްޓާ ޝަހީދު ކޮށްލުމާ ގުޅިގެން އީރާނާއި އިޒްބުﷲ އަދި ހޫޘީން ވަނީ އިޒުރޭލުގެ ވެރިރަށް ތެލްއަވީވަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އީރާންގެ އިންޒާރުތައް މިހާރު އޮތް ގޮތަށް ދެމިއޮވެއްޖެނަމަ އިތުރު ފައިޓަރު ޖެޓުތައް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް ވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ސެންޓްރަލް ކޮމާންޑުން ބުނި ގޮތުން އީރާންގެ ކިބައިން އިޒުރޭލު ހިމާޔަތްކުރުމަށް ކުރަންޖުހޭ ގިނަ ތައްޔާރީތައް ވެފައިވާކަމާއި އެމެރިކާގެ ނިއުކްލިއާ ސަބްމެރީންތައްވެސް މިހާރު ވަނީ އެ ސަރަހައްދުގައި ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ޜަފް
ޢެމެރިކާ އިން ކިތަންމެ ފޮނު އެރުވި ކަމުގައި ވިޔަސް މާތްﷲ ގެ އިޜާދަ ފުޅާއި މިންވަރު ފުޅުން ތި ޔަހޫދީ ޒައިނިސްޓް ޓެރޮރިސްޓް އިސްރާއީލް ދެމި ނޯންނާނެެ ކަމުގެ ޔަގީންކަން އެބައޮތް އިންޝާﷲ
10 Aug 2024
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.